274244679_310951161070128_7073782153924193190_n

ފެލިވަރު މަސްކާރުޚާނާ އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ޅ.ފެލިވަރުގެ މަސްކާރުޚާނާ އަޕްގްރޭޑްކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް  ބައްލަވާލައްވައިފިއެވެ. ރައީސް ފެލިވަރަށް ޒިޔާރަތްކުރައްވާފައި މިވަނީ ފާދިއްޕޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިންނެވެ.

ރައީސް ޞާލިހްވަނީ ފެލިވަރަށް ޒިޔާރަތްކުރައްްވާ އެރަށުގެ ތަރައްޤީކުރާ އަައު ކޯލްޑު ސްޓޯރޭޖު ފެސިލިޓީތަކަށްއަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގޮތް ބައްލަވަލައްވައިފައެވެ.

މިފްކޯގެ މަސް ބަންދުކުރާ މައި ކާރުޙާނާ ހުންނަ ފެލިވަރު އަޕްގްރޭޑުކުރުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުންދަނީ ކުރިއަށް ގެންދަވަމުންނެވެ. ފެލިވަރު އަޕްގްރޭޑްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އެރަށުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނުވަތަ ފިނި ކޮށާރަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، ފިޝްމީލް ޕްލާންޓަކާއި އެހެނިހެން ވަޞީލަތްތައްވެސް ފެލިވަރުގައި ޤާއިމުކުރާނެއެވެ.

ސަރުކާރުން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެރަށުގެ ބިން ހިއްކައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުވެސް އަންނަނީ ހިންގަމުންނެވެ. ބަނދަރު ބޮޑުކޮށް ބިން ހިއްކާ ސަރަހައްދަސްވެސް ރައީސް ވަނީ ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ބަނދަރަށް ފެލިވަރު ބަނދަރު ހެދުމަށްޓަކައި ފެލިވަރުގައި 6 ހެކްޓަރުގެ ބިން ހިއްކައި ދެލައްކަ ނަވާވީސް ހާހަސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 220 މީޓަރުގެ އެއްގަމު ތޮއްޓަކާއި 148 މީޓަރުގެ ބޭރު ތޮއްޓެއްގެ އިތުރުން 270 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

އަހަރެއްގެ ތެރޭގައި އެމްޓީސީސީއިން މިމަސއްކަތް ނިންމާލުމަށް ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!