މަސްވެރިކަމާއި ގުޅޭ

Copyright (c) Phillip Colla, all rights reserved worldwide

އޮޅުފާނަ

މިއީ ރާއްޖޭގެ މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މަހެކެވެ. މިއީ ދިވެހިން ކުރާ ރޭގަޑު ކެޔޮޅުކަމުގައި އަދި ދުވާލު ފައްތައިގެން ކުރާ މަސްވެރިކަމުގައި ގިނައިން ބޭނޭ މަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރުވަހެކެވެ. އަދި މިއީ ފާނައިގެ މަސްވެރިކަމުގައި ގިނަ ޢަދަދަކަށް ހިފާ، ރާއްޖެއިން ގިނަ ޢަދަދަކަށް ބޭރުކުރެވޭ ފާނައެކެވެ. ރަނގަޅު އަގުލިބޭ މާނައެކެވެ. މިމަސް ޢާއްމުގޮތެއްގައި އުޅެނީ ފަރުފަޅުތަކުގެ ބޭރުމަތީގައްޔާއި ވިލުވިލުގައެވެ. ޢާއްމުކޮށް 2 މީޓަރާއި 20 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. އޮޅުފާނައިގެ ވަރަށް ބޮޑެތިމަސް ދިވެހިން ބާނާ އުޅެއެވެ. މަހަކީ ބަރުހަށިގަޑެއް ލިބިފައިވާ ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ވަރަށް ބޮޑުވާނެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 7 ނުވަތަ 8 ހަރުކަށްޓާއެކު 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތުގައި 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބޯމަތިން ދެލޮލުގެ ދެމެދުގައި ކުދި ހުޅުނބުތަކެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅުހުންނަނީ އެއްވަރަކަށެވެ. މަހުގެ ކުލައަކީ އަޅަމުށިކުލައެވެ. ހަށިގަޑުގެ ވަށައިގެން ގަދަކޮށް ހުންނަ ނުކުލައިގެ ތިކިތަކެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައެއްގައެވެ. މިއީ 60 ސެންޓިމީޓަރަށްވުރެ ބޮޑުވާ. ކާނާއެއްގެގޮތުގައި ކުދިމަސް ކައިހަދާ ފާނަކެވެ.

އިނގިރޭސި ނަން: Squaretail coralgrouper

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!