ކޫއްޑޫގެ ފިނިކުރާ ނިޒާމަށް ދިމާވެފައިވާ މައްސަލައެއް ހައްލު ކުރުމަށްޓަކައި، މާދަމާއިން ފެށިގެން ކޫއްޑޫ ޖެޓީއިން މަސްކިރުމާއި، އައިސް ދޫކުރުން ހުއްޓާލުމަށް ނިންމައިފިއެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ބުނީ ކޫއްޑޫ ޖެޓީގެ ބަދަލުގައި ކޫއްޑޫ ބޭރު ބަނދަރުން "ޖަޒީރާ 102" އަދި "ކަލަމިންޖާ 401" އިން މަސް ގަތުން ކުރިއަށްދާނެ ކަމަށެވެ. އަދި މި ބޯޓުތަށް ފުރުމުން ހުސްކުރަން ދާނީ އައްޑޫ ފިޝަރީޒްއަށް ކަމަށެވެސް އެ ކޮމްޕްލެކްސްއިން ހާމަކުރެއެވެ.
އެހެންކަމުން މަސް ހުސްކުރުމަށްފަހު އެނބުރި އައުމުގައި ލަސްތަކެއް ހުރެދާނެ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ބުނީ ފިނިކުރާ ނިޒާމަށް ދިމާވި މައްސަލަ ހައްލުކުރުމަށް 3 ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށް ބަރޯސާވާ ކާރުޙާނާއެވެ.



