އެންސިސް ފިޝަރީޒްގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނީގެ މުވައްޒަފުންގެ މެދުގައި ސްޕޯޓްސް ފެސްޓިވަލެއް ބާއްވައިފިއެވެ.
މިއަދު 14:00 އިން 18:00 އަށް ހުޅުމާލެ އެކުވެނި ޓްރެކުގައި ބޭއްވި މި ސްޕޯޓްސް ފެސްޓިވަލްގެ އެންމެ ބޮޑު އެއް ބޭނުމަކީ އެކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުން ކަމަށް އެންސިސްއިން ބުނެއެވެ. އެންސިސްއިން މީގެ ކުރިންވެސް މިފަދަ ފެސްޓިވަލްތައް މުވައްޒަފުންނަށް އަމާޒްކޮށްގެން ކުރިއަށްގެންގޮސްފައިވެއެވެ.
ސްޕޯޓްސް ފެސްޓިވަލް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާޙިދު ވިދާޅުވީ ހުރިހާ މުވައްޒަފުން މިކަހަލަ މާހައުލަކުން ދިމާވެ އުފާކޮށްލުމަކީ، އެކުންފުނިން ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

ސްޕޯސްޓްސް ފެސްޓިވަލްގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެތެރޭގައި، ވާދެމުން، ގޯނި ރޭސް، ސްޕޫން ރޭސް ހިމެނެއެވެ. އެންސިސްއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މި އަހަރުތެރޭ އެކި ކަހަލަ ހަރަކާތްތަށް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ.


