big_5UmWpRxkgbLlIcdi9XPZv9Gj5

މާލެއަށް ވެލައެއް އަރައިފި

އަހަރުތަކަށް ފަހު މާލެއަށް މިއަދު ހެނދުނު ވެލައެއް އަރައިފިއެވެ.

ހެނދުނު 6:00 ހާއިރު ވެލާ އެރީ ސިނަމާލެ ބްރިޖު، މާލެއާއި ގުޅިފައިވާ ސަރަަހައްދަށް ވެލި ޖަމާވެފައިވާ ތަންކޮޅަށެވެ.

ބްރިޖްގެ ހުޅަނގު ދެކުނު ފަރާތަށް ވެލާ އަރާ އޮއްވާ ފެނިފައިވަނީ އެ ސަރަހައްދުގައި ކަސްރަތުކުރަން އުޅުނު ބަޔަކަށެވެ. ނަމަވެސް އެ ސަރަހައްދަށް އަރާއޮތް ވެލާ ފުލުހުން ވަނީ މޫދަށް ބާލަފައެވެ. ބެލެވޭ ގޮތުގައި މާލެ އަށް އަރާފައި ވަނީ ވެލާގެ ބާވަތެއްް ކަމަށްވާ މުސަންބީއެކެވެ.

މިއަދު ސިނަމާލެ ބުރިޖު ކައިރިއަށް އެރި ވެލާ ބިސް އެޅިކަމެއް ނޭނގެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ވެލާ ބޮޑު ވަޅުގަނޑެއް ކޮނެފައި ހުރި މަންޒަރު ފެނިފައި ވެއެވެ.

ކަހަނބާއި ވެލާ ހިމާޔަތްކޮށްފައިވާތީ އެ ތަކެއްޗަށް ގޯނާކުރުމާއި ހިފުމާއި ކެއުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެން ނަމަވެސް މި ތަކެތި ހިފާ ކެއުމަށް ބޭނުންކުރުމާއި ވިޔަފާރީގެ އެކިި ބޭނުންތައް ކުރާ މީހުން ރާއްޖޭގެ މުޖުތަމައުގައިވެސް އުޅެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!