SHOP 1 - HILAALEEMAGU

ފައިސާގެ ބޮޑެތި އިނާމުތަކާއިއެކު މިއަހަރުގެ މިފްކޯ ރޯދަ ޕްރޮމޯޝަން އިފްތިތާޙްކޮއްފި

އެހެން އަހަރު ތަކެކޭ އެއްފަދައިން ބޮޑެތި އިނާމްތަކަކާއި އެކު މިއަހަރުގެ މިފްކޯ ރޯދަ ޕްރޮމޯޝަން އިފްތިތާޙް ކޮއްފިއެވެ. މިގޮތުން މާލޭގެ ދެ ފިހާރަ، ހުޅުމާލެ، ފެލިވަރު، ކޫއްޑޫ އަދި އައްޑޫފިހާރައިގައި މިއަދު ހެނދުނު 10:00 ޖެހިއިރު ޕްރޮމޯޝަން ވަނީ ފަށާފައެވެ.

މިޕްރޮމޯޝަން އިފްތިތާޙް ކޮއްދެއްވީ މިފްކޯގެ ސީ، އީ، އޯ އަލްފާޟިލް އިސްމާއިލް ފައުޒީއެވެ. މި ހަފްލާގައި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޕްރޯމަންޝަންގައި ވާހަކަފުޅު ދައްކަމުން ސީ. އީ، އޯ، ވިދާޅުވެފައިވަނީ ދުނިޔޭގެ މަސްރަހުގައި ތެލުގެ އަގާއި އުފެއްދުމުގެ އަގުތައް ބަދަލްވަމުންދާ ދަނޑިވަޅުގައި މިފްކޯގެ އުފެއްދުން ތަކުގެ އަގުތަކަށް ބަދަލްއައުމަކީ އެކަށީގްންވާ ކަމެއްކަމުގައެވެ. ނަމަވެސް މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮއްދިނުމުގެ ގޮތުން އަގުތައް އެއްމިންގަޑެއްގައި ހިފެހެއްޓުމަށް ކަމުގައެވެ.

މިޕްރޮމޯޝަން ގައި 200 ރުފިޔާއިން މަތިން ކުރެވޭ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ. މި ކޫޕަންގައިވާ ކިއުއާރް ކޯޑް ސްކޭން ކުރުމުން ލިބޭ ލިންކުގައި ކޫޕަން ކޯޑް ޖަހާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މިގޮތުން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން 5000 ރުފިޔާގެ ބީއެމް އެލް ގިފްޓް ވައުޗަރ އެއް ލިބެއެވެ. އަދި މި ޕްރޮމޯޝަންގެ  ބޮޑު އިނާމެއްގެ ގޮތުން ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކައް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!