މަސްދަޅުގެ އަގު ބޮޑުކުރަން އަދި ނުނިންމަން: މިފްކޯ

SHOP 1 - HILAALEEMAGU

މިފްކޯގެ އުފެއްދުންތަކުގެ އަގަށް ބަދަލެއް ގެންނަން ނިންމާފައިނުވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މަސްވެރިންގެ އަތުން މަސްގަންނަ އަގު މިއަދުން ފެށިގެން ބޮޑުކުރާގޮތަށް ނިންމި ކަމުގައިވިޔަސް ރޯދަމަހުގެ ޕްރޮމޯޝަނާއިއެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފެހައްޓައިގެން ކަސްޓަމަރުންނަށް ޙިދުމަތްދެމުން ގެންދާނެކަމުގެ ޔަގީންކަން ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމުގެ ޔަޤީންކަންވެސް އެކުންފުނިން ވަނީ ދީފައެވެ.

މިފްކޯގެ އުފެއްދުންތަކުގެ އަގު އަންގާރަދުވަހުން ފެށިގެން ބޮޑުވާނެ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާއި ގުޅިގެން މިފްކޯގެ ފިހާރަތަކަށް ބާރުބޮޑުވެ، ބައެއް ފިހާރަތައް  ބޭރުގައި އާއްމުންވަނީ ކިއުވެސް ހަދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ