ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓްފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 14.44ރ އަށް އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 17.10ރ އަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިދިޔަ މަހުގެ 14ވަނަ ދުވަހުވެސް މިފްކޯއިން ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން އޭރު މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 12.68ރ އަށް އަދި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 15.00ރ އަށް ވަނީ ބޮޑުކޮށްފައެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.

އެގޮތުން 5 މާރިޗު އިން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80ރ އަށް ވަނީ ބޮޑުކޮށްފައެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަންފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތްވަނީ އިތުރަށް ހަލުވިވެފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!