އެންސިސް ފިޝަރީޒް އާއި ވިމެން އޮން ބޯޑު ގުޅިގެން އަންހެނުންގެ ދުވަސް ފާހަގަކޮށްފި

FNU_zyMacAEvkU0

އެންސިސް ފިޝަރީޒް އަދި ވިމެން އޮން ބޯޑު ޖަމިއްޔާ ގުޅިގެން އެންސިސް ފިޝަރީޒްގައި އަންހެނުންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފިއެވެ.

އެގޮތުން މިއަދު ހަވީރު ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖުލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.

ޖީހާން އަކީ އަންހެނުންގެ ތަރައްޤީއަށް އަދި ޖިންސީ ހަމަހަމަ ކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދާ ފަރާތެކެވެ. މި ހަފްލާގައި ޖީހާންވަނީ ދުވަހުގެ ޝިއާރާގުޅޭގޮތުުން ވާހަކަދައްކަވާފައެވެ. އެގޮތުން ކޮންމެ އަންހެނެއްވެސް ކުރިއަށް ދާ ނަމަ އަބަދުވެސް އިތުރު އެހެން އަންހެނެއްވެސް ގޮވައިގެން ކުރިއަށް ދިޔުމަށް އާދަކުރުމަށް ވިދާޅުވިއެވެ.

ވިމެން އޮން ބޯޑާއި ގުޅިގެން އެންސިސް އިން ބޭއްވި ހަފްލާގައި އެ ޖަމިއްޔާގެ ޗެއަރޕާސަަން ފާތިމަތު ޝަފީޤާ ވިދާޅުވީ އެންސިސް ފަދަ ބޮޑު ކުންފުންޏެއްގައި ގިނަ އަދަދަކަށް އަންހެނުން ވަޒީފާގެ ފުރުސަތު ހުޅުވާލަދީ، ހަމަހަމަ ކަން ދަމަހައްޓާ، އަންހެނުން ކުރިއެރުވުމަށްކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ.

މި ހަފްލާގައި ވަނީ ވިމެން އިން ބޯޑުން އިންތިޒާމްކޮށްގެން އެންސިސްގެ އަންހެން މުވައްޒަފުންނަށް ބްރީތިންގ އެކްސާސައިޒްތަކެއް ކިޔާދީފައެވެ. ވަޒީފާގެ މާހައުލުގައި ސްޓްރެސްވާ ނަމަ ކަންތައްކުރަން ވީ ގޮތުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ