FNdRTHKUUAMonRc

މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަަތުތައް އެންސިސް ފިޝަރީޒުން ކިޔާދީފި

މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަަތުތައް އެންސިސް ފިޝަރީޒުން ކިޔާދީފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑު ކޮމިއުނިޓީ އެމްޕަވަމަންޓުން ކުރިއަށްގެންދާ ' ކެރިއަަރ އކްސްޕްލޮރޭޝަން ޕްރޮގްރާމް"ގެ ދަށުންވަނީ އެންސިސް ފިޝަރީޒްއަށް ޒިޔާރަތްކޮށްފައެވެ. މި ޕްރޮގްރާމުގައި 6 ފަރާތުންވަނީ ބައިވެރިވެއެވެ.

އެންސިސް ފިޝަރީޒްއަށް ކުރި ޒިޔާރަތުގައި މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަަތުތައްވަނީ ކިޔާދީފައެވެ. އަދި މަސް ކާރުޙާނާގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމުގެ ފުރުސަތުވަނީ ދީފައެވެ.

މަސްވެރިކަމުގެ ސިނާއަތަކީވެސް ޒުވާނުންނަށް ގިނަ ފުރުސަަތުތަކެއް ހުރި ދާއިރާއެކެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ޒުވާނުންދަނީ މަސައްކަތްކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!