1440px-Green_turtle_swimming_over_coral_reefs_in_Kona

ސީޝެލްސްގަައި ކަހަނބުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެއްޖެ

ސީޝެލްސްގަައި ކަހަނބުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން، ފާއިތުވީ 50 އަހަރުތެރޭ، ކަހަނބު ބިސް އަޅާ މިންވަރު ވަނީ އިތުރުވަމުން ގޮސްފައިވެއެވެ. އެގޮތުން 1960ގެ އަހަރުތަކުގެތެރޭގައި އަހަރެއްގެ މައްޗަށް 2000 އާއި 3000 އާއި ދެމެދުގެ އަދަދަކަށް ބިސް އަޅާފައިވާއިރު، މިހާރު މި އަދަދުވަނީ އަހަރެއްގެ މައްޗަށް 15000 އަށް އިތުރުވެފައެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ސީޝެލްސްގެ އަަލްޑަބްރާ އަތޮޅުގައެވެ. މި އަތޮޅުގައި 1968ވަނަ އަހަރުވަނީ ކަހަނބު ހިފުން މަނާކޮށްފައެވެ.

ބިސް އަޅާ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ޕިކާޑުގެ ސެޓުލްމަންޓު ބީޗުންނެވެ. މިއީ 1950ގެ އަހަރުތަކުގައި އެންމެ ގިނަ އަދަދަކަށް ކަހަނބު ހިފާފައިވާ ކަމަށް ރިކޯޑު ކުރެވިފައިވާ ބީޗެވެ.

ނަމްބަރުތައް އިތުރުވެފައިވީ ނަމަވެސް މިއީ ކަހަނބުތައް އިފުން އާއްމުވުމުގެ ކުރިއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. އެހެން ނަމަވެސް އަދަދުތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، އުއްމީދުތައް އިތުރުވެފައިވާ ކަމަށް ދިރާސާ ކުރާ ޓީމުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!