275748750_483173643490148_7472472163483707818_n

އިހަވަންދޫގެ މަސް ދޯންޏަކުން ރޯދަމަހު، އެރަށުގެ މިސްކިތްތަކުގައި ބޭނުން ކުރުމަށް ގިނައަދަދެއްގެ ފެންކޭސް ހަދިޔާކޮށްފި

ހއ. އިހަވަންދޫގެ މަސް ދޯންޏަކުން ރޯދަމަހު، އެރަށުގެ މިސްކިތްތަކުގައި ބޭނުން ކުރުމަށް ގިނައަދަދެއްގެ ފެންކޭސް ހަދިޔާކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ އެ ދޯނީގެ ނަން ހާމަކުރަން ވެރިފަރާތުން ބޭނުން ނުވާ ކަމަށެވެ. މި ދޯނީގެ ފަރާތުން ހަދިޔާކޮށްފައިވަނީ 312 ކޭސް ފެނެވެ.

ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ މަސް ދޯނިތައް އޮންނަ އިހަވަންދޫގައި ކޮންމެ އަހަރެއްގެވެސް ރޯދަމަހަށް މިސްކިތްތަކަށް ބޭނުންވާ އެކި ކަހަލަ ކަންތައްތަކުގައި މަސްވެރިން އެހީތެރިވާކަން ކައުންސިލުން ފާހަގަކުރެއެވެ.

އެގޮތުން މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކުގައިވެސް މަސްދޯނިތަަކުން އެހީތެރިވާކަން ކައުންސިލުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!