bPxHhj6kVNYUw7UJbBVdm5-970-80

މިޔަރުވެސް ނިދާ ކަމާއި، ބައެއް ފަހަރު ލޯ ހުޅުވައިގެންވެސް ނިދާކަން ފަހުގެ ދިރާސާތަކުން ހޯދިއްޖެ

މިޔަރުވެސް ނިދާ ކަމާއި ބައެއް ފަހަރު ދެ ލޯ ހުޅުވައިގެންވެސް ނިދާ ކަން ފަހުގެ ހޯދުންތަކުން ހާމަވެއްޖެއެވެ.

މިޔަރަކީ ނިދާ މަހެއް ކަމާއި މެދު ގިނަ ބައެއްގެ މެދުގައި ހިޔާލު ތަފާތުވުންތައް އޮވެއެވެ. ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން ކުރިއަށް ގެންދިޔަ ދިރާސާތަކަކަށް ފަހު، ހޯދުނު ހޯދުންތަށްވަނީ ބައޮލޮޖީ ޓައިމްްސްގައި ޝާއިއުކޮށްފައެވެ. ދިރާސާ ކުރާ ޓީމުން މިޔަރުގެ މެޓަބޮލިކް ރޭޓާއި ހަކަތަ ބޭނުންކުރާ މިންވަރުވަނީ ވަޒަންކޮށްފައެވެ.

އެގޮތުން ހޯދުނު ހޯދުންތަކުގެތެރޭގައި، މިޔަރަކީވެސް އަރާމުކުރާ މަހެއް ކަމާއި، ބައެއް ފަހަރު 5 މިނަޓަށްވުރެ ގިނަ އިރު އަރާމުކުރާކަން ވަނީ ހާމަވެފައެވެ. އަދި 5 މިނަޓަށްވުރެ ގިނަ އިރު މިގޮތަށް ރެސްޓު ކުރާތީ ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރަނީ މިއީ ނިދުމުގެ ގޮތުގައެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގަައި، މިޔަރު ނިދާއިރު، މުޅި ހަށިގަނޑު ދަމާލާ ކަަމަށާއި، މިޔަރަށް ލޯ ހުޅުވައިގެން އޮވެ ވެސް ނިދައެވެ.

ދިރާސާ ކުރިއަށްގެންދިޔުމަށް ވަނީ 7 މިޔަރެއް ޓޭންކަކަށް ލައިގެން އޭގެ އުޅުން މޮނީޓަރކޮށްފައެވެ. އެގޮތުން 24 ގަޑިއިރުތެރޭ އޭގެ އުޅުން ހުރިގޮތްތަށް ވަނީ ރެކޯޑުކޮށްފައެވެ.

ޓީމަށް ފާހަގަކުރެވުނު ކަންތައްތަކުގެތެރޭގައި، މިޔަރު އަރާމުކުރާ ގަޑިތަކުގައި އޮކްސިޖަން ބޭނުންކުރާ މިންވަރު ދަށެވެ. އަދި ހާއްސަކޮށް 5 މިނަޓަށްވުރެ ގިނަ އިރު ހޭދަވާ ފަހަރުތަކުގައި އޮކްސިޖަން ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވާކަން ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!