A3708E83-83AE-4033-99AD-6A49F06D9A8F

މެރިން ސައިންސް ކިޔަވާ ދަރިވަރުން އިތުރުކުރުމަށް ސެޝަނެއް

ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުން އިތުރުކުރުމުގެ ގޮތުން، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ފިޝަރީޒް މިނިސްޓްރީން ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ، މެރިން ސައިންސް އާއި މަސްވެރިކަމުގެ ސިނާއަތަށް ސާނަވީ ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކޮށް، ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުން އިތުރުކުރުމުގެ ގޮތުން، ސްކޫލްތަކުގެ ގްރޭޑް 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ. އެގޮތުން މިސެޝަން ކުރިއަށް ގެންގޮސްފައިވަނީ ތާޖުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ.


މިސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވީ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކު އަދި މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓުގެ ފަރާތުން ޑރ. އަޙުމަދު ރިޔާޒް ޖައުހަރީއެވެ.

މިސެޝަންގައި ދަރިވަރުންނަށް މެރިން ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކާއި އަދި މަސްވެރިކަމުގެ ދާއިރާއަކީ ހަމައެކަނި މަސް ބޭނުން ނޫން ކަމާއި އެދާއިރާގައި ހުރި ތަފާތު ވަޒީފާތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!