މަސްވެރިކަމާއި ގުޅޭ

ހުދު އައްޓަމަސް

މިއީ ރާއްޖޭގެ ބޭރުކަނޑުތަކުގައި އުޅޭ އައްޓަމަހުގެ ބާވަތެކެވެ.

މިބާވަތުގެ އައްޓަމަސް ވަރަށް މަދުން އެތެރެވަރިއަށް އަތޮޅުގެ ކައިރިއަށް އައިސްއުޅެއެވެ. މިއީ މިބާވަތުން ރާއްޖޭގައި ރެކޯޑްކުރެވުނު ފުރަތަމަ މަހެވެ. މިމަސް ހިފާފައިވަނީ 1988 ވަނައަހަރު ނޮވެމްބަރުމަހު 26 ވަނަ ދުވަހު ހިފުނު އެންމަޑިއަކުންނެވެ. މިއީ ދިވެހިން ކައިއުޅޭމަހެއްނޫނެވެ. އަދި މިމަސް ބޭނުމަށް ނުވަތަ ހިފުމަށް ވަކިޚާއްސަ މަސްވެރިކަމެއްވެސް ނުމެކުރެވޭމެއެވެ. މިބާވަތުގެ އައްޓަމަސްވެސް އުޅެނީ ކަނޑުގައިއުޅޭ ބޮޑެތިމަސްމަހާއެކު އޭގެ ނިވަލުގައެވެ.

ހުދު އައްޓަމަސް ގިނައިން އުޅެނީ އެންމަޑީގެ އަނގަދަށުގައި ތަތްކޮށްލައިގެން އެއާއިއެކުގައެވެ. އެހެނިހެން އައްޓަމަހެކޭ އެއްފަދައިން މިބާވަތުގެ އައްޓަމަހުގެ ބޮލުގެ މަތީގައި ކުކުޅުބިސްބުރަށް ހުންނަ ތަށްޓެއް" ހުރެއެވެ. މިއީ އެސޮރު އެހެނިހެން އެއްޗެހީގައި ތަތްކުރަން ބޭނުންކުރާ ތަށްޓެވެ. މިއީ ހިމަދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ކުލައަކީ ފަނޑުއަޅިކުލައެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 17 އާއި 22 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ރިބައިގައި 21 އާއި 26 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 18 އާއި 21 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ.

އިނގިރޭސި ނަން: White remora
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!