ދަބަރުހަނދި

ދަބަރުހަންޖަކީ އާދަވެގެން ތިލަފަޅުތަކާއި ވިލުވިލުގައި 5 މީޓަރާއި 60 މީޓަރާ ދެމެދުގެ ފުންމިންހުންނަ ސާބުތަކުގައި، އެކަހެރިކޮންނާއި ކުދި އައިންހަދައިގެން އުޅޭ ހަނދީގެ ބާވަތެކެވެ.

މިއީ ފަތިކޮށް ތުންކޮޅު ވަށްކޮށް ހުންނަމަހެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތުރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 26 އާއި 34 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ވަކިކޮށް ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއި 21 އާއި 26 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑާއި ދިމާއިން ބަނޑުދަށް ފަރާތުގައްޔާއި ކަންފަތްގަޑުގެ ބުޑުދަށުގައި ހުޅުނބެއް ނުހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 70 ސެންޓިމީޓަރަށެވެ. ދަބަރުހަނދި އާދަވެގެން ކައިއުޅެނީ ޑިނގާއާއި ކަކުނި އަދި ކުދިމަހެވެ.

މަހުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ކަންފަތްގަޑުގެ މަތީން މަހުގެ ދެފަރާތުގައި ރަންކުލައިގެ ތިކިތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިމަހަށް ދަބަރުހަނދި ކިޔަނީ މިދެންނެވި ލައްތައް މަހުގައި ޖަހާފައި ހުންނައިރު ދަބަރު ލައްތަކެއްހެން ހުންނާތީއެވެ. މިބާވަތުގެ ބޮޑެތި މަހުގައި މޫދުގައި އުޅޭއިރު 5 ނުވަތަ 6 ގަޅިރޮނގު ފަނޑުކޮށް މަހުގެ ދެފަރާތުގައި ހުރެއެވެ.

އިނގިރޭސި ނަން: Blue trevally
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!