މަސްވެރިކަމާއި ގުޅޭ

މުށިމަސް ހަނދި -- ފޮޓޯ/ ފްލިކަރ

މުށިމަސްހަނދި

މިއީ ދިވެހި މަސްވެރިން މަދުމަދުން ބާނާ ހަނދީގެ ބާވަތެކެވެ. މިމަސް އެންމެ ބޮޑުވަނީ 90 ސެންޓިމީޓަރަށެވެ. ޢާއްމުގޮތެއްގައި މިބާވަތުގެ ހަނދި އުޅެނީ 20 މީޓަރަށްވުރެ ފުން ސަރަޙައްދު ތަކުގައެވެ. ކުދި ހަނދި އައިން ހަދައިގެން ބައިބަޔަށް އެތެރެވަރީގެ ކަނޑުތަކުގައްޔާއި އަތޮޅުގެ ބޭރުފަރާތުގައި އުޅެއެވެ. ބޮޑެތި ހަނދި އާއްމުކޮށް އުޅެނީ އެކަހެރިކޮށެވެ.

މިއީ ރާއްޖޭގެ ސަރަހައްދުގައި މާގިނައިން އުޅޭ ބާވަތެއް ނޫންކަމުން ދިވެހި މަސްވެރިކަމުގައި މިބާވަތުގެ ހަނދި ގިނައިން ބޭނިފައެއް ނުހުރެއެވެ. ނަމަވެސް މަދުމަދުން ނަނުފައްތައިގެން ފުނުންކުރާ މަސްވެރިކަމުގައްޔާއި އަޑީގައި ލޭނުއަޅައިގެންކުރާ މަސްވެރިކަމުގައި މިބާވަތުގެ ހަނދި ބޭނެއެވެ. މިއީ މިބާވަތުގެ ހަނދި ރާއްޖޭގައި ރެކޯޑްކުރެވުނު ފުރަތަމަ ފަހަރެވެ. މަހުގެ ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، ބޯވަދިލަމަހާއި ކުދިމަހެވެ.

މަހުގެ މަތީ ފުރަތަމަ ކޮތަރީގައި އަށް ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރީގައި އެއް ހަރުކައްޓާއެކު 32-28އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިން ހުންނަ ދެ ހަރު ކައްޓަށްފަހު އިތުރު އެއް ހަރުކައްޓާއެކު 24 އާއި 26އާ ދެމެދުގެ ޢަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ރިހިކުލައެއްގައެވެ. މަހުގެ ދެފަރާތުން އަރިމަތީގައި މުށި ނުވަތަ ރަން ކުލައިގެ ތިކިތަކެއް ބައެއް ފަހަރު ފެންނަން ހުރެއެވެ.

އިނިގިރޭސި ނަން: Bludger trevally

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ީ އަޖަރެމެންް ވަރަށ ގިނައިނ ބަނާފައިި ހުރ މަހެއް

Comments are closed.