ތިމަރަހަނދި

މިއީ ގިނަ ހަނދީގެ ބާވަތްތަކާއި ޚިލާފަށް ދިގުކޮށް ހުންނަހަންޖެކެވެ.

މިމަސް އެންމެ ބޮޑުވަނީ 42 ސެންޓިމީޓަރަށެވެ. މިއީ ރާއްޖޭގެ މަސްވެރިން ކެޔޮޅުކަމު ނުކުމެއުޅޭއިރު މަދުމަދުން ބޭނޭ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މިމަސް ގިނައިން އުޅޭކަމަށްވަނީ އަތޮޅުގެ ބޭރުދުނީގެ ފަރުފަރުގެ ބޭރުގައެވެ.

މަހުގެ ތުނބުގެ ތިރީބައި މަތީބަޔަށްވުރެ ދިގުކޮށް ނިކުމެފައި ހުރެއެވެ. މަހުގެ ކަރުގަޑުގެ ފުރަތަމަ ބުރުގައި 27 އާއި 40 އާ ދެމެދުގެ ޢަދަދަކަށް ކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ނުވަތަ ކުރީ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 22 އާއި 24 އާ ދެމެދުގެ ޢަދަދަކަށް މަޑަކަށްހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 18 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތްގަޑުގެ ތިރިން ބަނޑުދަށްފަރާތުގައި ހުޅުނބު ހުރެ އެވެ.

މަހުގެ ކުލައަކީ ރިހި އަޅިކުލައެކެވެ. މަހުގެ ދެއަރިމަތިން ކޮންމެ ފަރާތެއްގައި ކައްޗަކަށް އަޅާލެވިފައިވާ އަޅިކުލައިގެ ފުޅާ 6 ނުވަތަ 7 ރޮނގު ބައެއްފަހަރު ފެންނަންހުރެއެވެ. މަހުގެ ކަރުތާފަތުގެ ކުރިބައިގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. މިއީ މިބާވަތުގެ ހަނދި ފަސޭހައިން ދެނެގަތުމުގައި ބޭނުންކުރެވިދާނެ ސިފައެކެވެ. މަހުގެ ނިގޫފަތާއި، މަތީބައިގެ ދެވަނަ ކޮތަރިބަޔާއި އަދި ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ގަދަ އަލި ކުލައެއްގައެވެ.

އިނގިރޭސި ނަން: Barcheek trevally
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!