ފަށުވިރަންކަރުމަހަކީ ރޭގަޑާއި ދުވާލުގެ ކެޔޮޅުކަމުގައި ގިނައިންބާނާއުޅޭ ދިވެހި މަސްވެރިންގެތެރޭގައި މަޝްހޫރުމަހެކެވެ. މިއީ ފަރުފަރުގެ ބޭރުގައި ބާރަށް ދުވެއުޅޭ، ވަރަށް ހަލުވިކަމާއެކު ކާނާ ޝިކާރަކޮށްއުޅޭ މަހެއްމެއެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައ ި10 ހަރުކަށްޓާއެކު 10 ނުވަތަ 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 15 ނުވަތަ 16 މަޑުކަށިހުރެއެވެ. މަހުގެ ތިރީތުންގަޑު މަތީތުނބަށްވުރެ ދިގެވެ. މަހުގެ ކޮޓަރިތަކުގައި ހުޅުނދެއް ނުހުރެއެވެ. މަހުގެ އަނގައިގެ މަތީތަލީގައި ދަތެއްނުހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ކަފިކޮށެވެ.
ފަށުވިރަންބަރުމަހުގެ ކުލައަކީ ރަތްކުލައެކެވެ. މިކުލަ ހުންނަނީ ބަނޑުދަށްފަރާތަށް ދިޔަދިޔަހެން ފަނޑުވަމުން ގޮސްފައެވެ. ބަނޑުދަށް ހުންނަނީ ރިހިކުލައެއްގައެވެ. މިމަސް އެންމެ ބޮޑުވަނީ 80 ސެންޓިމީޓަރަށެވެ. މިއީ ފަރުތަކުގެ ފުން ހިސާބުގައިއުޅޭ މަހެކެވެ. އާންމުގޮތެއްގައި އުޅޭ ފުންމިނަކީ 50 މީޓަރާ 100 ދެމެދެވެ. މި މަހުގެ ޢާއްމު ކާނާއަކީ ކަނޑުގެ އަޑީގައި އުޅޭ ޑިނގާއާއި، ކަކުނިފާޑުގެ ސޫތްޕާއި، އަޑީގެ ވެލިގަނޑުގެ ތެރޭގައި އުޅޭ ތަފާތު ބާވަތްތަކުގެ ސޫތްޕާއި، ބައެއް ފަހަރަށް މަހެވެ.
އިނގިރޭސި ނަން: Rusty jobfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003