277249252_1147400996021805_4467839931905534150_n

ދެކުނަށް މަސްވެރިކަން ރަނގަޅުވެއްޖެ

ދެކުނަށް މަސްވެރިކަން ރަނގަޅުވެއްޖެއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މައުލޫމާތުދޭގޮތުގައި ގިނަ އަދަދަކަށް މަސް ދޯނިތައް މަސްކިރުވުމަށް އެކޮމްޕްލެކްސްއަށް އަންނަމުންދާ ކަމަށެވެ. އެގޮތުން އިއްޔެ ފުލް ކެޕޭސިޓީއަށް މަސް ކިރުވާފައިވާ ކަމަށާއި، މިއަދުވެސް ކިޔު ތަރުތީބުން މަސް ގަންނަމުންދާ ކަމަށެވެެ.

ކޫއްޑޫއާއި އައްޑޫއަށް އިއްޔެ ޖުމްލަ 45 ދޯންޏަކުން 375 މެޓްރިކް ޓަނުގެ މަސް ވަނީ ގަނެފައެވެ. އަދި ފުލްވެގެން މިއަދަށް 26 ދޯނިން 395 މެޓްރިކް ޓަނު ވަނީ ބަހައްޓާފައެވެ. އަދި ކިޔޫ ތަރުތީބުން މި ދޯނިތަކުން ދަނީ މަސް ކިރަމުންނެވެ.

އަދި މިއަދު މިހާތަނަށް އިތުރު ތިން ދޯނި މަސް ކިރަން އައިސްފައިވާ އިރު، އިތުރު ދޯނިތަށްވެސް މަސް ބާނައިގެން ކޫއްޑޫއަށް ދަތުރުކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ކޮމްޕްލެކްސްއިން ހާމަކުރެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެއަށް ވުރެ މިއަދު މަސްވެރިކަން ރަނގަޅެވެ. އެގޮތުން މަސް ކިރުވުމަށް ދަތުރު ކުރަމުންދާ ބައެއް ދޯނިތަކުން 50 ޓަނުގެ މަސްވެސް ބާނާފައި އެބަހުރިކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!