ލައްކަޅުއޮށް

ރާއްޖޭގައި އުޅޭ ތަފާތު ކަޅުއޮށުގެ ތެރޭގައި ލައްކަޅުއޮށަކީ ވަރަށް ގިނައިން ފެންނަ ބާވަތެކެވެ.

މިމަސް ޢާއްމުކޮށް އުޅެނީ ރަށްރަށުގެ ތިލަފަޅުފަމާއި ފުންވިލުތަކުގައެވެ. މިއީ ދޮންފަސް ހުންނަ ހިސާބުތަކުގައި އުޅުމަށް ލޯބިކުރާމަހެކެވެ. އަދި ކާނާ ހޯދުމަށް، ފަސްގަޑުގެ ތެރެއަށް ތުންބާނައިގެން ކުދި ފަނިފާޑުގެ އެއްޗެހި ހޯދައިގެން މިއީ ރާއްޖޭގައި އެންގަޑު ވަޅުލައިގެން ކުރާމަސްވެރިކަމުގައި ވަރަށް ގިނައިން ބޭނޭމަހެކެވެ. މިއީ ހިމަދިގުކޮށް ހުންނަ، ދިވެހިން ކެއުމަށް ބޭނުންކުރާ ވަރަށް މީރުމުހެކެވެ. ފަޅުފަޅުގައި ދާއަޅައިގެން ވަރަށް ގިނައިން ހިފާއުޅޭ މަހެއްވެސް މެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 6 މަޑުކަށިހުރެއެވެ. މަހުގެ ތުނބުގައި ދިގުކޮށް ހުންނަ ދެނަރުވާ ހުރެއެވެ. މަހުގެ މަތީކޮތަރިބައިގެ ފުރަތަމަ ކަށި އެހެނިހެން ކަށިތަކަށްވުރެ ކުރުވާނެއެވެ. ނިގޫފަތް ވަރަށް ބޮޑަށް ކަފިކޮށްހުރެއެވެ. މަހުގެ ކުލައަކީ އޮރެންޖުކުލައަކަށްދާ ރީނދޫކުލައެކެވެ. މަހުގެ މަތީކޮތަރިބައި ނިމޭހިސާބުން މަހުގެ އަރިމަތީގައި ކަޅުކުލައިގެ ލަފެއްހުރެއެވެ. މަހުގެ މަތީ ދެވަނަ ކޮތަރިބައިގެ ފަހަތުގެ މަޑުކަށިތަކުގެ ބުޑުދޮށް ހުންނަނީ ކަޅުކުލައެއްގައެވެ. މަހުގެ ކޮތަރިތަކާއި. ނިގޫފަތުގެ ކުލައަކީ ރީނދޫކުލައެވެ.

އިނގިރޭސި ނަން: Side-spot goatfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!