pilot

ރާއްޖޭގައި ނަގާފައި ކޯމަސްތަކެއްގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން

ފަތުރުވެރިންތަކެއް ރާއްޖޭގައި ނަގާފައި ކޯމަސްތަކެއްގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މި ވީޑިއޯ އިން ފެންނަނީ ފަތުރުވެރިން ލޯންޗެއްގައި ދަތުރު ކުރަމުން ދާއިރު އެލޯންޗާއި އެއްވަރަށް ދެ ކޯމަސް ދަތުރު ކުރަމުން އަންނަ މަންޒަރެވެ. މިއީ މާފުށީގައި ހަރަކާތްތެރިވާ ޓްއާއޮޕަރޭޓަރަކު އާއްމު ކޮށްފައިވާ ވީޑިއޯއެކެވެ. އޭގެތެރެއިން އެއްމަސް ފެނުން މައްޗަށް ބޯ ހިއްލާލާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

މި ވިޑިއޯ އިންސްޓަގްރާމްގައި ހަހާހެއްހައި މީހުން ބަލާފައިވެއެވެ. އެމެރިކާގެ "އޭބީސީ" ނިއުސް އިން ވެސް ވަނީ މިހާރު މިވީޑިއޯ އާއި ގުޅޭ ޚަބަރެއް ގެނެސްދީފައެވެ. މީގައި ބުނާ ގޮތުގައި މި ވީޑިއޯއިން ފެންނަނީ "ޕައިލެޓް ވޭލްސް" ތަކެކެވެ.


އައިން ހަދާފައިވާ އުޅޭ ޕައިލެޓް ވޭލްސް އަކީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތަކުން ވެސް ފެންނަ ބާވަތެއްގެ މަހެކެވެ. މިއީ ކޯމަހުގެ އާއިލާގެ ތެރޭގައި ހިމެނޭ ސައިޒުގެ ގޮތުން އެންމެ ބޮޑު މަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!