ދެކުނުގެ މޫސުން ގޯސްވެ 4 އަތޮޅަށް ޔެލޯ އެލާޓު ނެރެފި

Moosun

ދެކުނުގެ މޫސުން ގޯސްވެ ހަތަރު އަތޮޅުތަކަށް އެލާޓު ނެރެފި އެވެ.

އެއީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ އެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓް ނެރެފައިވަނީ މިރޭ 8:30 ގެ ނިޔަލަށެވެ.

މެޓުން ބުނީ އެ ވަގުތުގައި 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކަނޑުތައްވެސް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ