130 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.
ފުލުހުން ބުނީ ފަރަށް އަރާފައިވަނީ ށ. ފޯކައިދޫ އިން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަަށެވެ. އެ ބޯޓްގައި 130 މީހަކު ތިބި ކަމަށްވެސް ބުންޏެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެ އެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 8:31 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ބޯޓު އަރާފައި ވަނީ ޅ. ފެލިވަރު ފަރަށެވެ. ފުލުހުން ބުނީ އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.



