މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ދިވެހިންގެ ތެރެއިން ގިނަ ފިރިހެނުންނަކީ ކޮންމެވެސް މާނައެއްގައި މަސްވެރިކަން ކުރާ މީހުންނެނެވ.
ބައެއް މީހުން މަސްވެރިކަން ކުރަނީ، 'ފުލްޓައިމް ޖޮބެއް' ގޮތަށެވެ. މީހާއަކީ އެއްކޮށް މަސްވެރިއަކަށް ވެގެންނެވެ. އަނެއްބައި މީހުން މަސްވެރިކަން ކުރަނީ، އެހެން ވަޒީފާއެއް އަދާ ކުރަމުން، 'ޕާޓް ޓައިމް' ވަޒީފާއެއްގެ ގޮތުގައެވެ. އެއީ މަސްވެރިކަމުންވެސް އާމްދަނީ ލިބޭތީއެވެ. ދެން ތިބެނީ ފޫހިފިލުވާލައި ހިތްހަމަ ޖައްސާލަން މަސްވެރިކަން ކުރާ މީހުންނެވެ.
ދިވެހިންގެ ތެރެއިން ގިނަ ފިރިހެނުން ކޮންމެވެސް މާނައެއްގައި މަސްވެރިކަން ކުރާއިރު، މީހަކާ ދިމާއަށް މަސްވެރިއެކޭ ބުނެވޭނީ ކޮންކަހަލަ ހާލަތެއްގައިތޯ، އެއީ އުފެދޭނެ ސުވާލެކެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު، 14/2019 ގެ 9 ވަނަ މާއްދާގައިި މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މާއްދާއެއް ހިމެނެއެވެ. އެ މާއްދާގައި ވާގޮތުން، ދިވެހިރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ މީހުން ހިމެނޭގޮތަށް، މަސްވެރިންގެ ދަފްތަރެއް އެކުލަވައިލަން، ފިޝަރީޒް މިނިސްޓްރީއަށް ޖެހެއެވެ.
އެ ދަފުތަރު އެކުލަވައިލުމަށްޓަކައި، މަސްވެރިކަން ކުރުމުގައި ހަކަރާތްތެރިވާ މީހުން ރަޖިސްޓްރީ ވާން ޖެހެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ 33 ވަނަ މާއްދާގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއް ކަމުގައި ބަލާނީ، އެމީހާއަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބަޔަކީ މަސްވެރިކަން ކޮށްގެން ހޯދާ ފައިސާ ކަމަށްވާނަމައެވެ.
އެގޮތުން، މަހެއްގެ މައްޗަށް އެ މީހާއަށް ލިބޭ އާމްދަނީގެ ގޮތުގައި އެކިއެކި މަސައްކަތްތަކުން ނުވަތަ އާމްދަނީ ލިބޭ ފަދަ އެހެން ވަސީލަތްތަކުން ލިބޭ މިންވަރު، މަސްވެރިކަން ކޮށްގެން ލިބޭ މިންވަރަށްވުރެ ކުޑަވާންޖެހޭނެއެވެ. މި ގަވާއިދުގެ ދަށުން މަސްވެރިއެއްކަމަށް ރަޖިސްޓްރީ ވެވޭނީ އޭރުންނެވެ.
One Response
,
Comments are closed.