A25329CC-AB5A-403C-8A9E-9957F344F595-pn8nrwmu11k0hwqovtls8nj5dknrpzktwbae5e9fo4

ރާއްޖޭގައި ފަތުރުވެރިއަކު ބޭނި މަހެއް ދުނިޔޭގެ ރެކޯޑު ފޮތަށް

ރާއްޖޭގައި ފަތުރުވެރިއަކު ބޭނި މަހެއް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފިއެވެ.

ފަތުރުވެރިޔާ ރާއްޖޭގައި ބާނާފައިވަނީ ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހެކެވެ. މި މަހަކީ މިހާތަނަށް ދުނިޔެއަށް ބޭނި އެންމެ ބޮޑު ބްލެކް ސްނޫކްގެ ގޮތުގައި އިންޓަރނޭޝަނަލް ގޭމް ފިޝް އެޗޯސިއޭޝަން އައި.ޖީ.އެފްއިން ވަނީ ކަނޑައަޅާފައެވެ. މިމަސް ބޭނީ އައްޑުއަތޮޅުގެ ކަނޑުގެ ސަރަހައްދުން 300 މީޓަރު އަޑިން މިއަހަރުގެ މާޗްމަހުގެ 18 ވަނަދުވަހުއެވެ.

ދިވެހި ނަމެއް މިހާތަނަށް ދީފައިނުވާ ބްލެކް ސްނޫކް މިމަހުގައި 14.06 ކިލޯގްރާމް ހުރިއިރު، ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.

އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ތެރަރޯޓުއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔައީ އައްޑޫ ސިޓީގައަށެވެ. އެގޮތުން މިދިޔަ މަރޗުމަހު އޭނާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މަސް ދަތުރެއް ދިޔައީ ފާނަ ބޭނުމަށެވެ.

ޓްރެސްޓަން ބޭރުގެ މީޑިއާތަކަށް މީގެކުރިން ދީފައިވާ އިންޓަރވިއުތަކުގައި ބުނެފައިވަނީ އޭނާ އައްޑޫ ސްޕޯޓްސް ފިޝިންގެ ގައިޑެއް ކަމަށްވާ އަބްދުﷲ އާނިފްއާއެކު މަހަށްގޮސް ނަނު ކަނޑަށް ދޫކޮށްލުމަށްފަހު މަސް ނަނުގައި ގަންނަން ނެގީ 30 ވަރަކަށް ސިކުންތު ކަމަށެވެ.

އަދި އޭނާ ފުރަތަމަ ހީކުރީ މިޔަރެއް ނަނުގައި ގަތީ ކަމަށާއި، މަސް ފެނުން މައްޗަށް ނެގުމަށް 25 މިނެޓު ހޭދަވި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މަސް ފެނުމާއި އެކު އެ ބޯޓުގައި ތިބި އެންމެންގެ ސަމާލުކަން އެ މަހަށް ލިބުނު ކަމަށާއި، އަދި ގައިޑު ވަގުތުން އެއީ ރެކޯޑަކަށް ވުމުގެ ފުރުސަތު އޮތް މަހެއް ކަމަށް އޭނާ ގާތު ބުނި ކަމަށް ޓްރިސްޓަން އިންޓަރވިއުތަކުގައި ބުނެފައިވެއެވެ.

މިއާ އެކު އައިޖީއެފްއޭ ސެޓިފިކޭޝަނަށް ހުށަހަޅަން ނިންމީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އައިޖީއެފްއޭ ސެޓިފިކޭޝަނަކީ ނަނުން ބާނާ މަހުގެ ހާއްސަ ކަމަށް ބަލައި ދޭ ސެޓިފިކޭޝަނަކެވެ.

ރެކޯޑު ފޮތަށް އޭނާ ބޭނި މަސް އަރައިފިކަން ހާމަކުރަމުން ތެރަރޯޓްއާ އޭނާގެ އިންސްޓަރގްރާމާގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ މިކަން ކާމިޔާބު ވުމުގައި ވަރަށް ގިނަ ބަޔަކު ވާކަމަށާ، އެގޮތުން ނޫސްވެރިން ކޮށްދިން މަސައްކަތަކީ ފާހަގަކުރެވޭ މަސައްކަތެއްކަމަށެވެ. އެގޮތުން ސޮސައިޓީ އޮފް ޕްރޮފެޝަނަލް ޖާނަލިސްޓް އެސްޕީޖޭއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ގޮވައިގެން މަހަށްދިޔަ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓަރގެ ވެރިޔާ އަބްދުﷲ އާނިފްގެ ނަންފާހަގަކޮށް އޭނާއަށްވެސް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މީގެ ކުރިން ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ބޭނި އެންމެ ބަރު ބްލެކް ސްނޯކުގައި ހުރީ 12.5 ކިލޯއެެވެ. އެއީ ޖަޕާނުގެ ޓޮކުނޯޝިމާގައި ބޭނި މަހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!