މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީފި އެވެ.
އެމްއެންޑީއެފުން ބުނީ ޅ.އަތޮޅު މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއިއެކު މިހާރު އެއެދޯނި ކައިރިއަށް ދަތުރުކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މިހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ 14 މީހުންނާއި އެކު ޅ. އޮޅުވެލިފުއްޓާއި ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ޝަވޯނާ ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 62 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިފަދަ ހާދިސާއެއް ހިގާފައި ވާއިރު 2020 ވަނަ އަހަރުވެސް މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެއީ ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު "ޒިކުރާ"ނަމަކަށް ކިޔާ ދޯނީގެ މަސްވެރިއަކަށެވެ. އެ ހާދިސާގައި ޒަހަމް ވެފައިވަނީ 40 އަހަރު ދިވެއްސެކެވެ.
އެ ހަމަލާ ދިނުމުގެ ސަބަބުން އެމީހާގެ ފައިގެ މައި ނާރަށް ގެއްލުން ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.