ދިވެހިރާއްޖޭގައި އާއްމުކޮށް އިހި ހިފާ އުޅެނީ، ހުއިފިލަނޑާގެ މަސްވެރިކަމަށް ނުކުމެ އުޅޭއިރުގައެވެ.
ހުއިފިލަނޑާއެކޭ އެއްގޮތަށް، އިހިވެސް ނަގަނީ ފީނައިގެން ނުވަތަ ތިލަ ތަންތަނުގައި ހިނގާފައި ގޮހެވެ. އެންމެ ގިނައިން އިހި ނެގުމުގައި ހަރަކާތްތެރި ވަނީ ރޭގަނޑުގަޑީގައި، ދިއްލައިގެންނެވެ.
ދިވެހިރާއްޖޭގައި އިހީގެ ބާވަތްތައް ހިފާ އަދަދު ދެނެގަނެވޭނެ ނިޒާމެއް ގާއުމު ކުރެވިފައެއް ނެތެވެ. އެހެންކަމުން އިހީގެ މަސްވެރިކަން ކުރެވޭ މިންވަރު އެންމެ ރަނގަޅަށް ދެނެގަނެވިފައެއް ނުވެއެވެ.
ނަމަވެސް، 1970 ގެ އަހަރުތަކުގައި ގާއިމު ކުރެވުނު، އިހީގެ ރިޕޯޓު ފޮނުވުމުގެ ނިޒާމުގެ ތެރެއިން، އިހީގެ މަސްވެރިކަމުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް އެނގެން އެބަހުއްޓެވެ. އޭރު މި ނިޒާމު ހަމަޖެހިފައި އޮތް ގޮތަކީ، މަސްވެރިން ކޮންމެ ދުވަހަކު ނަގާ އިހީގެ މިންވަރު، ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ، ކަނޑައެޅޭ ފަރާތަކަށް އެންގުމެވެ. ދެން އޭނާ އެކަމަށް ރިޕޯޓެއް ތައްޔާރުކޮށް، މިނިސްޓްރީގައި އޭރު ހުންނަ، މައުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެންޝަނަށް ހުށަހަޅަނީއެވެ.
ނަމަވެސް ދިވެހިރާއްޖޭގައި ނަގާ އިހީގެ ޖުމުލަ އަދަދު މި ރިޕޯޓުން ރަމްޒުކޮށެއް ނުދެއެވެ.
