Dr Hussain

މިފްކޯއަށް ގެއްލުން ވާނަމަ އެއީ ހަމަ އަގެއް ނޫން: މިނިސްޓަރު

މިފްކޯ އަށް ގެއްލުންވާ ގޮތަށް މަސް ގަތުމަކީ ހަމަ އަގު ހޯދައިދެވުން ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަމަ އަގަކީ ކޮބައިކަން އެންމެންނަށްވެސް އެނގެން ޖެހޭ ކަމަށެވެ.

"ގޫގުލްއަށް ވަޑައިގެން ބައްލަވާލެއްވިޔަސް ފެއާ ޕްރައިސްގެ މި ދެންނެވި ޑެފިނިޝަންގައި ހިމެނޭނީ އެ އަގަކަށް ވާންޖެހޭނެއޭ ޕްރައިމަރީ ޕްރޮޑިއުސާޒްއަށް އެ އެއްޗެތި އުފައްދާ މީހުންނަށް އެ އުފައްދާފައި އެ އުފެއްދުމުގެ ހަރަދުތަކުގެ އިތުރުން އެކަށީގެންވާ އާމްދަނީއެއް ލިބޭ އަގަކަށް ވާންޖެހޭނެއޭ. އެވަރުގެ މާޖިންއެއް އޮންނަންޖެހޭނެއޭ،" ހަމަ އަގު މާނަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އެއްޗެއްގެ ޕްރައިމަރީ ޕްރޮޑަކްޓް ގަނެގެން ސެކަންޑްރީ ޕްރޮޑަކްޓްގެ ގޮތުގައި އެއްޗެއް ޕްރޮސެސްކޮށް އުފައްދައިގެން އެ އެއްޗެއް އެހެން މާކެޓަށް ވިއްކައިގެން އެ މީހަކަށް ފައިދާ ލިބޭ މިންވަރަކަށް އަގު އޮތުން އެއީވެސް ހަމަ އަގުގެ ގޮތުގައި ބަލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއަދު މަސްވެރިންގެ އަތުން މަސް ގަންނަނީ ހަމަ އަގުގައި ނޫން ކަމަށެވެ.

"އެހެން އަޅުގަނޑު މިދަންނަވަނީ މިއަދު މިވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން އެކްސްޕޯޓް ކުރާ މަހުން މިއަދުވެސް އެވްރެޖުކޮށް އަޅުގަނޑުމެންނަށް 281 ޑޮލަރު ގެއްލުން ވަމުންދާތީ މިފްކޯއަށް އިނގެތޯ؟ އެހެންވީމާ ކޮސްޓް އޮފް ޕްރޮޑަކްޝަނަށް ވުރެ މާކެޓް ޕްރައިސް މާދަށް،" ޑރ. ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެއްލުމުގައި މިފްކޯ އިން މަސް ގަންނާތީ އެ ކުންފުނިން މަސް ގަތުމުގެ އޮޕަރޭޝަން ހިންގަނީ ސަރުކާރުން ސަބްސިޑީ ދީގެން ކަމަށެވެ.

"އެއަށް އަޅުގަނޑުމެން ފެއާ ޕްރައިސް ކިއަންޔާ އެއީ ފެއާ ޕްރައިސް ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ ފެއާ ޕްރައިސްގެ ނުވަތަ ހަމަ އަގުގެ ޑެފިނިޝަންގައި ހިމެނޭ ކަމެއް ނޫންހޭ" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. މިފުކޯއަށް ގެއްލުންވަނީ މަސްވެރިންނަށް ބޮޑުއަގުދޭތީއެއްނޫން . މިފުކޯއަށް ގެއްލުންވަނީ ބޭނުންވާ ވަރަށްވުރެގިނައިން ގޯތިކުދިންނަށް ވަޒީފާ ދިނުމާއި ދޭމުސާރަ ހައްދު ފަހަނަ އަޅައި ދިއުމާއި ވައްކަން ކުރާތީ

  2. މިފުކޯ ރަގަޅަށް މެނޭޖުކުރާނަމަ މަސްވެރިންނަށް ރަގަޅު އަގު ދެވޭނެ ބޭކާރު މުއައްޒަފުން ނުލައި ކުރަޕުޝަން ނުހިއްގީމަ

  3. ޚިޔާލު އާއްމު ނުކުރާ ނަމަ ޚިޔާލު ދިނުމުގެ މާނައެއްނެތް

  4. މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެގެން އެ މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީއެއް މިފްކޯއަކު ނެތް. މަސްވެރިން ބޭނުންވާ ގޮތަށް އެ މީހުން ބާނާ ހުރިހާ މަހެއް ބޮޑުއަގުގައި ކިރަންޏާ، އެ ކަމުގެ ގެއްލުންވާނީވެސް އާންމު ރައްޔިތުންނަށް. ސަރުކާރުން ދޭ ސަބްސިޑީއަކީ ލޯނު ނަގައިގެން ދޭ ސަބްސިޑީއަކަށްވެސް ވުން ގާތް. ދިވެހި ދައުލަތް ބަނގުރޫޓުވާ ގޮތަށް ސިޔާސީ ނިޒާމް ބައްޓަންކޮށް ފަހަށް ނުވިސްނައި، ބޮޑެތި ވައުދުތައް ވަންޏާ އަބަދުވެސް ތިބެންޖެހޭނީ ޕްރެޝަރުގައި. ރައީސްކަމަށް އަންނަ މީހުންނަށްވެސް، އަދި ސިޔާސީ ޕާޓީތައް ހިންގާ މީހުންނަށްވެސް އެނގޭ ރައްޔިތުންގެ ކައިރިއަށް ގޮސް އެ މީހުން، އެވާ ބޮޑެތި ވައުދުތަކަކީ އެ ވައުދުތައް ފުއްދުމުގެ ތަނަވަސްކަން ދިވެހި ދައުލަތުގައި ނެތް، ވައުދު ތަކެއްކަންވެސް. ދެން އެ ސިޔާސީމީހުންގެ މަދަދުވެރިން ތިބޭ ރައްޔިތުންގެ ލޭ ކައްކަން. މިވެނި ކަމެއް ނުވެޔޭ އެވެނިކަމެއް ނުވެއޭ. މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުުކުރަންޖެހޭ. މަސްވެރިން ބާނާ މަސްގަތުމަކީ ސަރުކާރެއް ނުވަތަ ސަރުކާރުގެ ކުންފުންޏަކަށް ލާޒިމުވާން ޖެހޭ ކަމެއް ނޫން. ގިނައިން މަސްބާނާނަމަ، އެ އަށް ހަދަންވާ ގޮތް، މަސްވެރިންނަށް އެނގެންޖެހޭ. އަޑުގަދަކޮށްގެން ސަރުކާރެއް ހައިޖެކް ކުރާކަށް ނުޖެހޭ. މަސްވެރިންގެ ވިސްނުން ހުރިހާ ވިޔަފާރިވެރިން ގެންގުޅެން ފަށައިފިނަމަ، ސަރުކާރަށް އެ މީހުން ވިއްކާ މުދާ ގަންނަންވެސް ޕްރެޝަރުކުރަން ފަށައިފާނެ.