މަސްވެރިކަމާއި ގުޅޭ

ރާއްޖޭގައި އަހަރެއްގެ މައްޗަށް 2300 މެޓްރިކް ޓަނު ހިބަރު ބާނާ

ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ކުރާތާ އަހަރުތަކެއް ވެފައިވާ ނަމަވެސް، މި ބާވަތުގެ މަސްވެރިކަން އޮތީ އަމިއްލަ ބޭނުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.

ނަމަވެސް ނިމިދިޔަ ގަރުނުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިކަން ފުޅާވެ، ހިބަރު ވިއްކުމަށް އިތުރު މާކެޓްތައް ހުޅުވުނީއެވެ. އެޔާއެކު ރާއްޖޭގައި ހިބަރުގެ މަސްވެރިކަން ފުޅާވެ، ލިބޭ ނަފާވެސް އިތުރުވީއެވެ. ނަތީޖާ އަކަށްވީ، އަމިއްލަ ބޭނުމަށް ކުރަމުން ދިޔަ ހިބަރުގެ މަސްވެރިކަން، ވިޔަފާރި ބޭނުމަށް ކުރާ ކަމެއް ގޮތަށް ބަދަލު ވީއެވެ.

ދިވެހިރާއްޖޭގައި، ހިބަރު ބާނާ މިންވަރު ރިކޯޑު ކުރެވޭ ނިޒާމެއް ނެތުމުން، މި ބާވަތުގެ މަސްވެރިކަން ކުރާ މިންވަރު އެހާ ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ކުރިން ގާއިމު ކޮށްފައިވާ "މަސް ރިޕޯޓް" ނިޒާމުގެ ތެރެއިން، ހިބަރުގެ މަސްވެރިކަން ކޮށްފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ދެނެގަނެވެއެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ސާވޭ ތަކަށް ބަލާއިރު، ގާތްގަނޑަކަށް 850 އާ 1300 އާ މަސްވެރިން، ހިބަރު މަސްވެރިކަމުގައި ޝާމިލުވެއެވެ. އޭގެ ތެރޭގައި، އާމްދަނީ ހޯދުމަށް 'ފުލްޓައިމް' އެ މަސައްކަތް ކުރާ މީހުންނާއި ޕާޓްޓައިމްކޮށް ކުރާ މީހުންވެސް ހިމެނެއެވެ.

ލަފާކުރެވޭ ގޮތުގައި، އަހަރެއްގެ މައްޗަށް ރާއްޖޭގައި 2300 މެޓްރިކްޓަނުގެ ހިބަރު ބާނައެވެ.

މި ބާވަތުގެ މަސްވެރިކަން އާއްމުކޮށް ކުރަނީ، ތިން ހަތަރު މީހުން ހިމެނޭ، ކުދި އުޅަނދުފަހަރުގައެވެ. އެ އުޅަނދުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 15 ފޫޓެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!