ދޫނި ފައްސާ ފަށުގެ ދިގުމިނުގައި މަދުވެގެން 100 މީޓަރު ހުންނަން ޖެހޭނެ

ލޭނު އެޅުމުގެ މަރުހަލާ ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ދޫނި ފައްސާ ފަށުގެ ފަރުމާއަށް ބަލާއިރު، އޭގެ ދިގުމިނުގައި މަދުވެގެން 100 މީޓަރު ހުންނަންޖެހެއެވެ.

ދޫނި ފައްސާ ފަށުގެ ދިގުމިނުގައި 150 މީޓަރު ހަމަ ނުވާނަމަ، ފަށަށް ވާން ކުރުމަށްޓަކައާއި ފަށުގެ ނިވަލުގައިވާ ސަރަހައްދު ބޮޑު ކުރުމަށްޓަކައި، ފަށުގެ ދޫކުރެވިފައިވާ ކޮޅު ފެންމަތީގައި ދެމޭގޮތަށް ކޮންމެވެސް އެއްޗެއް ހަރުކޮށްފައި ހުންނަންޖެހެއެވެ.

ދޫނި ފައްސާ ފަށުގައި ހުންނަން ވާނީ އޮރެންޖް ނުވަތަ ރަތް ފަދަ، ދުރަށް ފެންނަ ކުލައެކެވެ.

ދޫނި ފައްސާ ފަށުގެ ފެނުމަތީ އޮންނަ ބަޔަކީ، ދޫނި ސޫފާސޫފި އެ ފަށަށް ހޭނުނަ ނުދިނުމަށް އެކި ގޮތްގޮތަށް ތެޅޭހައި ލުއި އެހެން ނަމަވެސް އެ ފަށަކީ ވަޔާއެކު އުޅަނދުގެ މިސްރާބުން ކައްސާލައިގެން ނުދާ މިންވަރަށް ބަރުދަން ހުރި ފަށަކަށް ވާންޖެހެއެވެ.

ދޫނި ފައްސާ ފަށުގެ ތިރީގައި އެލުވާފައި ހުންނަ ފަށްތަކަކީ ދުރަށް ފާހަގަވާ ފަދަ ކުލައަކުން ތައްރާރު ކޮށްފައިވާ، ވަޔާއެކު ވަޔާއެކު އެކިގޮތްގޮތަށް ތެޅޭހެން ހަރުކުރެވިފައިވާ ފަށްތަކަކަށް ވާންޖެހެއެވެ.

ދޫނި ފައްސާ ފައްސާ ފަށުގެ ފަރުމާ - ކުރެހުން: ކަނޑުމަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން

މި ފަށްތައް ހަރުކޮށްފައި ހުންނަން ޖެހޭނީ ދެ ފަށުން ދެ ފަށުން "ތްރީ-ވޭ ސްވިވެލް" (ތިން ތަނުން އެނބުރޭ ފޫކް) އެއްގައި ކަނޑުގެ މަތީ ފަށަލައިގައި ނުޖެހޭ ހިސާބުގައެވެ.

މިގޮތަށް ހަރުކުރާ ފޫކުތައް ހުންނަން ވާނީ ދެ ފޫކުގެ ދޭތެރޭގައި ފަސް މީޓަރަށްވުރެ ދޭތެރެ ދުރު ނުވާ ގޮތަށެވެ.

ދޫނި ފައްސާ ފަށުގައި އެލުވާފައި ހުންނަ ފަށްތަކުގެ އަދަދު ލޭނު އެޅުމަށް އުޅަނދު ދުއްވާ ބާރުމިނަށް ބަލައިގެން ބަދަލުކުރަން ޖެހެއެވެ. ލޭނު އެޅުމަށްޓަކައި ދުއްވަނީ މަޑު ދުވެއްޔެއްކަމުގައި ވާނަމަ ހަރުކުރާ ފަށްތަކުގެ އަދަދު އިތުރު ކުރަން ޖެހެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިޔަކުން އެއްވެސް ވާނުވާއެއް ނޭންގުނު. ކޮންކަހަލަ ލޭނެއް ކަމެއް ކޮން މަސްވެރިކަމެއްކަން ވެސް ނޭގުނު. ގޫގަލް ޓްރާންސްލޭޓަކާ ވައްތަރުވަނީ