ދޮންހިކާ - ފޮޓޯ: މެއިންޕޭޖް ރީފްލެކްސް

ދޮންނޫހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައްޔާއި ވިލުވިލުގައި އަދި ފަރުފަރުތަކުގެ ބޭރުން 27 މީޓަރަށްވުރެން ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިމަސް އެންމެ ބޮޑުވަނީ 13 ސެންޓިމީޓަރަށެވެ. ވަރަށް ރީތިކޮށް މުޅިމަހުގެ ދިގަށް ރީނދޫކުލައާއި ނޫކުލައިން ރޮނގުތަކެއް ދެމިފައި ހުންނަމަހެކެވެ. މިއީ ދިރޭކުދިމަހުގެ ގޮތުގައި ރާއްޖެއިން ބޭރުކުރެވޭ މަހެކެވެ.

މިމަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. ބަޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. މަހުގެ ދިގަށް ރީނދޫކުލައާއި ނޫކުލައިގެ ރޮނގުތަކެއްހުރެއެވެ. މަތީކޮތަރިބައިގެ މެދުގައްޔާއި ނިގޫފަތުގެ ބުޑުދަށުގެ މަތީބައިގައި ނޫކުލައިގެ ކައިރިފަށް ލާފައިވާ ކަޅުކުލައިގެ ލަފެއް ހުރެއެވެ. ނިގޫފަތުގެ ކޮޅުހުންނަނީ ވަށްކޮށެވެ. ނިގޫފަތް ހުންނަނީ ދޮން ރީނދޫކުލައެއްގައެވެ. މިއީ ޢާންމުކޮށް ގިނައިން ފެންނަ ހިކައެއް ނޫނެވެ. މިބާވަތުގެ ހިކައަށް ކިޔާ ވަކި ޙާއްސނމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގެ ސިފައާއި ކުލައަށް ވިސްނާ "ދޮންނޫހިކާ" ކިޔާފައިވަނީއެވެ. މިމަހުގެ އާއްމު ކާނާއަކީ އަޑީގައި އުޅޭ އެކިބާވަތްތަކުގެ ކުދިރުންތަކެވެ.

އިނގިރޭސި ނަން:Greenbarred wrasse

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!