viber_image_2022-05-24_11-55-55-143

ބިލެތްދޫ ކައުންސިލް ހަރަދުގައި އެރަށު މަސްވެރިންނަށް ދެ ކޯހެއް ހިންގައިފި

ފ.ބިލެތްދޫ ކައުންސިލުން ހުރިހާ ޚަރަދެއް ކޮށް، މެރަޓައިމް އެކަޑަމީ އޮފްދި މޯލްޑިވްސް އާއި ގުޅިގެން، އެރަށު ފާނަމަސްވެރިންނަށް އަމާޒުކޮށް، ދެ ކޯހެއް ހިންގައިފިއެވެ.

އެރަށުގައި ކުރިއަށް ގެންގޮސްފައި ވަނީ މެރިން މެކޭނިކް އަދި ފަޅުވެރި ކޯހެވެ.
ރަށުގެ މަސްވެރިންނަށް އަމާޒުކުރެވިގެން ހިންގުނު 2 ކޯސް ރާއްވައި އިންތިޒާމް ކުރުމާއި 2 ކޯހުގެ ހުރިހާ ޚަރަދެއް ކައުންސިލުން ކޮއްފައިވާތީ، އެރަށު ފާނަ މަސްވެރިންގެ ފަރާތުން ވަނީ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ބިލެތްދޫއިން މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުނީ، މި ކޯހުގެ މުހިންމުކަމާއެކު، ދޯނީގެ ދެ ކުއްޖަކު ކޯހުގައި ބައިވެރި ކުރުވި ކަމަށެވެ.
"އެއީ ވަރަށް މުހިންމު ކޯހެއް. އެ ކޯސް ނަހަދާ އަޅުގަނޑުމެންނަށް ނެތް ސަލަމާތީ ހެއްދޭކަށް،" މަސްވެރިންނަށް ކޯސް މުހިންމުވާ ސަބަބު މަސްވެރިއަކު ކިޔައިދިނެވެ.

އޭނާ ބުނީ، ފަޅުވެރި ކޯހަކީ ދޯންޏެއްގެ އެންމެން ވެސް ހަދަން ޖެހޭ ކޯހެއް ކަމަށާއި އަދި ކޮންމެ ދޯންޏެއްގައިވެސް މެރިން މެކޭނިކެއް ހުންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ސަލާމަތީ ހެއްދުމަށް، ސެޓްފިކެޓް އޮތް ކައްޕިއެއް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ މިކޮޅުގަ ކެޕޭސިޓީއެއް ނެތް، ކޮންމެ ދޯންޏަކު 10 ،12 މީހުން އުޅޭއިރު، ހުރިހާ މީހުން ބައިވެރިވެގެން އެކަން ކުރެވޭނެ ނިޒާމެއް. ދެން ކައުންސިލާ ވާހަކަ ދައްކައިގެން ދޯންޏަކުން އެއް ފަޅުވެރިއަކު މި ކޯސް ހަދާލީމަ ސަލާމަތީ ހެއްދޭ ކަހަލަ ގޮތަކަށް މި ވާހަކަ ދެއްކީ،" އެރަށުން ވާހަކަ ދެއްކި މަސްވެރިޔާ ކިޔައިދިނެވެ.

އެ ރަށުގައި ކިޔަވައިދިނީ، ބެޗެއްގައި 30 މީހުންނަށް ކަމަށާއި، އެހެންކަމުން ދެ ބެޗް ކިޔަވައިދޭނަމަ ކުރިއަށް ދާނީ 60 މީހުންގެ ކެޕޭސިޓީއަކާ އެކުގައި ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ މަސްވެރިންނަށް ވެސް ބުނެލަން އޮތީ، ސަރުކާރުން ހަދާ ގަވާއިދާ ގާނޫނާ އެއްގޮތަށޭ ދޯނިފަހަރުގެ ކަންތައްތައް ބަހައްޓަންވާނީ. ސަލާމަތީ ކަންތައްތައް ފުރިހަމަ ކޮށްގެންނޭ އަޅުކަނޑުމެން މިކަން (މަސްވެރިކަން) ކުރަން ވާނީ،" އޭނާ ބުންޏެވެ.

އޭގެ ސަބަބުން ނުރައްކާތެރި ހާދިސާތަކުން ސަލާމަތް ވުމަށް ވެސް މަގުފަހިވާނެ ކަމަށް އޭނާ ކިޔައިދިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!