މަސްވެރިކަމާއި ގުޅޭ

ކުރެހިހިކާ

މއީ ރާއްޖޭގެ ފަރުފަޅުތަކުން ގިނައިން ފެންނަ ހިކައެކެވެ.

ރާއްޖޭގެ ފަރުފަޅުތަކުން މިބާވަތުގެ ހިކާ ހިފާ އުޅޭ ހަމައެކަނި ބަޔަކީ ދިރޭމަސް ބޭކުރުމަށް މަސްހިފާމީހުންނެވެ. މިއީ މަސްޓޭންކުތަކުގައި ގެންގުޅެން ވަރަށް ރީތި ކުރެހުންތަކެއް އަޅާފައި ހުންނަ ހިކައެކެވެ. ހިކައިގެ ގިނަ ބާވަތްތަކެކޭ އެއްފަދައިން މި ބާވަތްވެސް ފަރުފަޅުތަކުގައި ހެލިފެލިވެ އުޅެނީ ދުވާލުގެ ވަގުތުގައެވެ. މި ހިކާ އެންމެ ބޮޑުވާނީ 12 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މިބާވަތުގެ އަންހެންމަހާއި ފިރިހެންމަހުގެ ކުލަވަރު ތަފާތެވެ. އަދި އަންހެންމަހުގެ ބޮލާއި ބަޑުނދަށް ފިޔަވާ އެހެން ތަންތަން ހުންނަނީ އޮރެންޖުކުލައިގައެވެ. މިއޮރެންޖު ކުލައިގެ މަތީގައި ވަރަށް ރީތ ކުރެހުމެއްގެ ސިފައިގައި ހުދުކުލައިގެ ލައްތަކެއް ފާޅުކޮށް ހުރެއެވެ. މަހުގެ ބޮލުގައްޔާއި ބަނޑދަށްފރާތުގައްޔާއި ބަނޑާދިމާލުން މަހުގެ ތރީބައިގައި ހުންނަނީ ކަޅު ކުލައިގެ ކުރެހުމެކެވެ. އަދި މިކަޅު ކުރެހުންތަކުގެ ތެރޭގައި ވަރަށް ސާފު ވިލުނކުލައިގެ ލައްތަކެއް އެކި ގޮތްގޮތަށް ބަނޑުދަށްފަރާތުގައި ހުރެއެވެ.

މިހިކައަށް ކިޔާ ވަކި ޙާއްސނމެއް ރެކޯރޑުކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިނގިރޭސިނަމާއި ގުޅޭގޮތަށް އަދި މަހުގައި ހުންނަ އެންމެ އަޅައިގަންނަ ސިފައަށް ވިސްނާ "ކުރެހިހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Divided wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!