މަސްވެރިކަމާއި ގުޅޭ

7ed4a0b6-3575-458a-b9a6-d85bd011f756

އޮމާންގައި މަސްވެރިކަމަށް ޚާއްސަ ރަށްތަކެއް ތަރައްޤީކުރަން ފަށައިފި

އޮމާންގައި މަސްވެރިކަމަށް ޚާއްސަ ވަސީލަތްތައް ހިމެނޭ ރަށްތަކެއް ތަރައްޤީކުރަން ފަށައިފިއެވެ.

އޮމާންގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ، ފިޝަރީޒް އެން ވޯޓަރ ރިސޯސަސްއިން ވަނީ މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރިހާ ވަސީލަތެއް ބިނާކުރުމަށް މަސްވެރިކަމަށް ޚާއްސަ ރަށްތަކެއް ޤާއިމްކުރުމަށް ކަނޑުގެ ސަރަހައްދުން ކައިރިން ބިންތަކެއް ކަޑައަޅާފައެވެ.

މިގޮތުން ތަރައްޤީކުރާ ފުރަތަމަ ފިޝަމަންސް ވިލެޖް ޤާއިމްކުރަމުންދަނީ އޮމާންގެ އަލް-ވުސްތާ ގަވަނޭޓްގެ ވިލަޔަތް އޮފް ޑުގުމްގައެވެ. މިކަން ކުރުމަށް އޮމާންގެ ސަރުކާރުން ކަޑައަޅާފައިވަނީ 4583 ސްކުއަރ މީޓަރުގެ ސަރަހައްދެކެވެ. މިސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކުރެވޭނެއެވެ. އޮމާން ސަރުކާރުން ބުނީ މިކަމުގެ ނަފާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 500 އަށްވުރެ ގިނަ ފަރާތަކަށް ލިބޭނެކަމަށެވެ. އަދި އެ ސަރަހައްދު މިކަމަށް ކަޑައެޅީ އަލް-ވުސްތާ ގަވަރްނޭޓަކީ މަސްވެރިންނާއި އަދި މަސްވެރިކަމުގެ އެކި މަސައްކަތްތައް ކުރާ މީހުން ގިނަ ސަރަހައްދެއްކަމުންނެވެ.

އަލް-ވުސްތާ ގަވަރްނޭޓަކީ ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރުން އެކުއަރކަލްޗަރ އަދި މެރިކަލްޗަރގެ އެކިއެކި ކަންކަންވެސް ކުރާ ފަރާތްތައް ގިނަ ސަރަހައްދެކެވެ.

2019 ވަނަ އަހަރު އެކަނިވެސް އަލް-ވުސްތާ ގަވަރްނޭޓުގައި ހަރަކާތްތެރިވާ މަސްވެރިން ވަނީ 720،669 ޓަނުގެ މަސް ބަނާފައެވެ. މިއީ އޮމާންގައި 2019 އެންމެ ގިނައިން މަސް ބޭނި ސަރަހައްދެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަށް އަޅާ ފިޝިން ވިލެޖްތައް އޮމާންގެ ސައުތް އަ-ޝަރްގިޔާހް ގަވަރްނޭޓުގެ ވިލަޔަތް އޮފް މަސައިރާގައި އެހެން ބައެއް ސަރަހައްދުތަކުގަައިވެސް އެޅުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

މިމަޝްރޫއަކީ މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވަ ވަސީލަތްތައް އެތަނެއްގައި ބިނާކުރުމުގެ އިތުރުން މިދާއިރާގައި ވަަޒީފާގެ ފުރުސަތު އިތުރުކުރުމަށް އޮމާން ސަރުކާރުން ހިންގާ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!