FUtqUH5aQAAbTEo

ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށް ތަމްރީނު ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ.

ކޮންމެ އަހަރެއްގެ  ޖޫން މަހުގެ 8ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. މިއަހަރު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގަޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލޗަރގެ ފަރާތުން ކަމާގުޅޭ މައުލޫމާތު ދިނުމާާއި ހޭލުންތެރިކުރުވުމާއި ތަމްރީން ދިނުމުގެ ޕްރޮގްރާމްްތަކެއް ހިންގުމަށް ހަމަޖެހިފައި ވެއެވެ. މިގޮތުން، މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް] މަޝަރޫއުގެ ތެރެއިން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން [މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމް] ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ވަނީ އިފްތިތާޙްކޮށްފައެވެ.

މިތަމްރީން ޕްރޮގްރާމް ފެށުމުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ ޙުސައިން ރަޝީދު ޙަސަނެް އެވެ. މި ހަފްލާގައި ވާހަކަ ދައްކަަވަމުން މާ ގިނައިން މަސް ބޭނުމުގެ ގެއްލުންތައް ފާހަގަކޮށް، ރާއްޖޭގައި މާ ގިނައިން ފާނަ ނެގުމުގެ ސަބަބުން ފަރުތަކުން ފާނަ ހުސްވަމުން ދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މަސް ވިއްސާ އާލާ ކުރުމުގެ ކަންތައްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކޮށް، މިނިސްޓަރ ވަނީ މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަން ޙިއްސާ ކުރައްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅު ނިންމާލަމުން ކަނޑާމެދު ޢަމަލުކުރާ ގޮތާމެދު ފަރުވާތެރިވުމަށް އިލްތިމާސްކޮށް، ރާއްޖޭގެ ރައްޔިތުން ކަނޑާމެދު ފަރުވާތެރިވެ، ބޭރުޤައުމުގެ މީހުނަށް ނަމޫނާއަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް، ޝާފިޔާ ނަޢީމް މި ކޯހުގެ ބައިވެރިންނަށް ދަސްކޮށްދެވިގެންދާނެ ބައެއް ކަންކަން، ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ހިއްސާ ކުރެއްވިއެވެ. މިގޮތުން، ހެޗަރީއެއްގައި ފާނަ ވިއްސައިގެން މޫދުކޮށީގައި ގެންގުޅޭ ވަރަށް ބޮޑުކުރާނެ ގޮތާއި، ހެޗަރީގެ މަރުހަލާތަކުގެ ޢަމަލީ މަސައްކަތް ކުރުމުގެ އިތުރުން، މެރިކަލްޗަރ ކުރުމުގެ ތަފާތު މަރުހަލާ ތަކުގައި ގެންގުޅެންޖެހޭ ތިމާވެއްޓާއި ރައްޓެހި އާދަކާދަތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނޭކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ކަނޑުތަކަކީ އިޤްތިޞާދީ ދިރިިތިބުން އޭގެ މައްޗަށް ބަރޯސާވެފައިވާ ގުދުރަތީ ޚަޒާނާއަކަށް ވާއިރު، އެ ޚަޒާނާ އަންނަން އޮތް ޖީލުތަކަށް މަންފާކުރާނެ ގޮތަކަށް ދެމެހެއްޓުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ކ. މަނިޔަފުށީގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ މަނިޔަފުށި ޓްރެއިނިންގ އެންޑް ރިސާރޗް ސެންޓަރު (އެމް.ޓީ.އާރ.ސީ) ގައި ފުޅާ ދާއިރާއެއްގައި، ދިގު މުއްދަތަަށް ހިންގުމަަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގެ މަގްޞަދަކީ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށްޓަކައި މީހުން ބިނާ ކުރުމެވެ. މި ތަމްރީން ޕްރޮގްރާމްގައި އެކްރިޑެޓް ކުރެވިފައިވާ އަދި އެކްރިޑެޓް ނުކުރެވޭ  ބޭސިކް މެރިކަލްޗަރ ކޯސްތަކާއި އެޑްވާންސް މެރިކަލްޗަރ ކޯސްތައް ހިމެނެއެވެ.

މިގޮތުން، މި ތަމްރީން ޕްރޮގަރާމްގެ ދަށުން މިއަދު މިފެށުނީ ބޭސިކް މެރިކަލްޗަރ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިފަހަރު ޚާއްޞަ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މެރިކަލްޗަރ ތަރައްޤީ ކުރުމަށް ކުރިޔަށް ގެންދާ، ސަރަޙައްދީ ހެޗަރީ ޤާއިމްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. ފިއްލަދޫ، އދ. އޮމަދޫ މ. ވޭވަށް، ފ. ދަރަނބޫދޫ އަދި ތ. ވަންދޫގެ ފަރާތްތަކެވެ. އެގޮތުން މިރަށްތަކަށް ހުޅުވާލެވެނު ފުރުޞަތުގައި 15 ފަރާތަކުން މި ކޯހުގައި ވަނީ ބައިވެރިވެފައެވެ. 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިންނަށް މެރިކަލްޗަރ ކުރުމުގެ އަސާސީ މައުލޫމާތަކާއި މެރިކަލްޗަރކުރުމުގެ ޢަމަލީ މަސައްކަތް ދަސްކޮށްދޭނެއެވެ.

މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމް ގެ ތެރެއިން ކުރިއަށް ރޭވިފައި ހުރި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއަށް ފުރުޞަތު ހުޅުވާލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!