ފްރެންކިސްޓައިން ފިޝް އެއްްގެ ފޮޓޯއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްްގެ ސަމާލުކަން ލިބިއްޖެއެވެ.
މި މަސް ބާނާފައިވަނީ ރަޝިއާގެ މަސްވެރިއެއް ކަމަށްވާ ރޯމަން ފެޑޯޓްސޮފްއެވެ.
އޭނާ އަކީ މިފަދަ ތަފާތު މަސްތައް ބޭނުމަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. ރޯމަން ދަނީ އޭނާއަށް ބޭނޭ މިފަދަ ފޮޓޯތައް އޭނާގެ އިންސްޓަރގްރާމް އެކައުންޓުގައި ހިއްސާކުރަމުންނެވެ. އެގޮތުން އޭނާ އެންމެ ފަހުން ބާނާފައިވާ މަސްތަކުގެތެރޭގައި ހިމެނޭ މި ތަފާތު މަހަށް އޭނާ ދީފައިވާ ނަމަކީ ފްރެންކިސްޓައިން ފިޝްއެވެ.
ރަޝިއާގެ މަރމަންސްކްގެ ކަނޑުގެ ސަރަޙައްދުން ދާ ޖަހައިގެން ކަނޑުގެ ވަރަަށް ފުނުން ބާނާފައިވާ މި މަހަށް އޭނާ ފްރެންކިސްޓައިންގެ ނަން ދީފައިވަނީ އޭގެ ހަންގަނޑު ހުރި ގޮތުންނެވެ. އެގޮތުން އެ މަހުގެ ހަންގަނޑު ހީވަނީ ފަހައިގެން ގުޅުވައިފައި ހުރި ހެންނެވެ. މިމަހުގައި ބޮޑު ފަންގަނޑަކާއި ދިގު ނިގުލެއްވެސް އޮވެއެވެ.
އިންސްޓަރގްރާމްގަައި އޭނާ ހިއްސާކޮށްފައިވާ ފޮޓޯއަށް މިހާތަނަށް 7000 އާއި ގާތްކުރާ އަދަދަކަށް ލައިކްސްވަނީ ލިބިފައެވެ. ރޯމަން މީގެކުރިންވެސް ބާނާފައިވާ އެކި މަސްތަކަށް މީހުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އެގޮތުން އޭނާވަނީ ބޭބީ ޑްރެގަން؛ އަކާއި ވަތްތަރު މަހެއްވެސް ބާނާފައެވެ. އެ މަހުގައި ހުރީ މަޑު ފިޔާތޮށި ކުލައެވެ. ދިގު ނިގުލަކާއި ބޮޑު ދެ ލޯ ހުރިއިރު، ފިޔަގަނޑެއް ޒާތުގެ އެއްޗެއް އޭގެ ހަށިގަނޑާއި ގުޅިފައިވެއެވެ. އެ މަހަކީ ޗިމައިރާ އެއް ކަން ފަހުން ވަނީ ދެނެގަނެވިފައެވެ. ބައެއް މީހުން މި މަހަށް "ގޯސްޓް ޝާރކް"ގެ ނަމުންވެސް ކިިޔައެވެ.