ފީނާ މީހުންގެ މެދުގައި މަޤްބޫލް މަންޒިލެއް ކަމުގައިވާ މޯލްޓާގެ ފީނުމަށް މަޝްހޫރު ހިސާބުތަކުން ކަނޑުގެ ދިރުންތައް ނެތެމުންދާ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.
މަލްޓާގެ ކަނޑު އަޑީގައި ހުންނަ ހޮހޮޅަތަކަކީ ޝައުގުވެރިތަންތަނެވެ. އެހެންނަމަވެސް މިތަންތަން ބަލާލުމަށް އެޤައުމަށްދާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސް ފެންނަ ލެއް މަދުވުމެވެ.
އެގޮތުން ފީނާ މީހުން އެދެނީ މަސް ހުރި ދިމާތަކަށް ފީނަން ދާން ކަމަށާއި، އެހެން ނަމަވެސް މޯލްޓާގެ ފަރުތަކުން މިހާރު މަސް ފެންނަނީ ވަރަށް މަދުން ކަމަށް ޑައިވް ޝޮޕްތައް ހިންގާ ފަރާތްތަކުން ބުނެއެވެ. މަލްޓާގައި ޑައިވް ޝޮޕެއް ހިންގާ މާރކު ބުނީ ކަނޑު އަޑީގައި ރީތި މުރަކަތަކާއި ގާތައް ހުރި ނަމަވެސް އެއްވެސް ވަރަކަށް ދިރުމެއް ނެތުމުން އެތަންތަން ސިފަވަނީ ގަބުރުސްތާނެއްް ގޮތަށް ކަމަށެވެ.

އަދި މިގޮތަށް ދިމާވެފައި މިވަނީ އެއްވެސްް ކޮންޓްރޯލްކުރުމެއް ނެތި މަސް ބާނަމުން ދިޔުމުން ކަމަށާއި، ދާ ޖަހައިގެން ކުދި މަސްތައް ހިފަމުން ދިޔުމުން މަސްތައް ހުސްވަނީ ކަމަށް އޭނާ ބުނެއެވެ. މިކަމަށް އަދިވެސް ހައްލެއް ގެނެވިދާނެ ކަމަށް ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ދެކެެއެވެ. އެގޮތުން ފީނާ މީހުންގެ މެދުގައި މަޤްބޫލް ސަރަޙައްދުތައް ހިމާޔަތްކޮށް، އެ ސަރަަހައްދުތަކުން މަސް ހިފުން މަނާކުރަން ޖެހިފައިވާ ކަމަށް އެފަރާތްތަކުން ދެކެއެވެ.
ބެލެއްހެޓުމެއްް ނެތި މަސް ބޭނުމުގެ އިތުރަށް މެޑިޓުރޭނިއަން ކަނޑުގައި ޖެލީ ފިޝް، ނުވަތަ ފިރުޢައުނު މުދާ އިތުރުވަމުން ދިއުމަކީވެސް ކަނޑުގެ އެހެން ދިރުންތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި މެރިން ބަޔޮލޮޖިސްޓުން ބުނެއެވެ.