މ. ކޮޅުފުށި، ފޮޓޯ- ކޮޅުފުށި ފޭސްބުކް ޕޭޖް
މ. ކޮޅުފުށި، ފޮޓޯ- ކޮޅުފުށި ފޭސްބުކް ޕޭޖް

ކޮޅުފުށީ ބަނދަރުމަތިން އައިސް ޕުލާންޓް ބެހެއްޓުމަށް 2 ބިން ދޫކުރަނީ

މ.ކޮޅުފުށީ ބަނދަރުމަތިން އައިސް ޕުލާންޓްބެހެއްޓުމަށް 2 ބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކޮޅުފުށީ ކައުންސިލުން ބުނީ މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތުދިނުން މިމަހުގެ 26ވަނަ ދުވަހުގެ 11:00 ގައި ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެކަމަށެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް ކުންފުނި / ވިޔަފާރީގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް info@kolhufushi.gov.mv އަށް އީ-މެއިލް ކުރެއްވުމުން މި މަސައްކަތާގުޅޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެފަރާތަކަށް މިމަހުގެ 26ވަނަ ދުވަހުގެ 14:00 ގެ ކުރިން އީ- މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ 11:00 ގައި ކޮޅުފުށީ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.

އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައިކަމަށް ކޮޅުފުށީ ކައުންސިލުން ބުނެއެވެ. ކޮޅުފުށީ ކައުންސިލުން ބުނީ މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބައިވެރިވާނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!