މަސްވެރިކަމާއި ގުޅޭ

ނިގޫދިގުހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ވަރަށް ގިނައިން ފެންނަ މަހެކެވެ.

މިމަހަކީ ދިގުކޮށް އާދައިގެ ވަރަކަށް ހިމަތޮޅިކޮށް ހުންނަމަހެކެވެ. ޙަރަކާތްތެރި އަދި ބާރަށް ދުވާހިކައެކެވެ. މިއީ ރީތި ކުލަތަކެއް އެކުލެވޭ، ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ގެންގުޅުމަށް ޝައުގުހުންނަ މަހެކެވެ. ރާއްޖެއިންވެސް މިބާވަތުގެ ހިކާ ދިރޭކުދިމަހުގެ ގޮތުގައި ގިނައަދަދަކަށް ބޭރުކުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތރިބައިގައި 8 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. ދަތްޕިލައިގެ މެދުގައި ހުންނަ ދެދަތް ހުންނަނީ ކޮޅަށް އޫކޮށެވެ. މިހިކާގެ ނިގޫކޮޅު ފަހަތަށް ނަރުވައެއްގެ ސިފައިގައި ދިގުކޮށް ހުރެއެވެ. މިހިކާ 27 ސެންޓިމީޓަރަށް ބޮޑުވެއެވެ.

ދެން އާއްމުގޮތެއްގައި އުޅެނީ 1 މީޓަރާއި 20 މީޓަރާ ދެމެދުގެ ފުން ސަރަޙައްދުތަކުގައެވެ. މަހުގެ ކާނާއަކީ ފަރުގައި އުޅޭ ކުދިކުދި ދިރޭ ސޫތްޕާއި ފެނުތެރޭގައި ހުންނަ މަހުގެ ބިހެވެ. ފިރިހެން މަހުގެ ކުލައަކީ ފެހިނޫކުލައެވެ.

އަންހެންމަހުގެ ކުލައަކީ ގަދަފެހިކުލައެވެ. ހުޅުނބުތަކުގެ ހުރަހަށް ހުންނަ ރަތްކުލައިގެ ރޮނގެއް ފާޅުކޮށް ހުރެއެވެ. މަހުގެ ބޮލުގައި ރަތް ނުވަތަ ދަނބުކުލައިގެ ކުރެހުންތަކެއް ހުރެއެވެ. މަހުގެ ކޮތަރިބައިގެ ބުޑުދަށް ހުންނަނީ ފިޔާތޮށިކުލއިގައެވެ. ކަންފަތުގައި ހުންނަނީ ނޫކުލައެވެ. ނަމަވެސް ފިޔާތޮށިކުލައިގެ ކުރެހުމެއް ކަންފަތުގައި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޙާއްސަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގައި ހުންނަ އެންމެ އަޅައިގަންނަ ސިފައަށް ވިސްނާ "ނިގޫދިގުހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Moon wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!