މަސްވެރިކަމާއި ގުޅޭ

ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި ކަނދުފަތި: ފޮޓޯ/: ފުވައްމުލައްސިޓީ ކައުންސިލް
ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި ކަނދުފަތި: ފޮޓޯ/: ފުވައްމުލައްސިޓީ ކައުންސިލް

ފުވައްމުލަކު ބޭރުން ކަނޑައިގެންދިޔަ 2 ކަނދުފަތީގެ ތެރެއިން ފުރަތަމަ ކަނދުފަތި އަޅައިފި

ފުވައްމުލަކު ބޭރުގައި އަޅާފައި އޮތް 2 އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމާ ގުޅިގެން އެ ސަރަހައްދުގައި އާ ކަނދުފަތި ހަރުކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.

މިގޮތުން މިއަދު ވަނީ ފުރަތަމަ ކަނދުފަތި އަޅާފައެވެ. މިކަން ހާމަކޮށް ފުވައްމުލަށް ސިޓީކައުންސިލުން ބުނެފައިވަނީ ކަނދުފަތި އަޅާފައިވަނީ ފުވައްމުލަކާ ދިމާ ބޭރުން 11.5 ނޯޓިކަލް މޭލު ބޭރުގައިކަމަށެވެ. އަދި މި ކަނދުފަތި އެޅުން ލަސްވެފައިވަނީ މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރޭ ކޮރޯވާ ވައިރަސްގެ ސަބަބުން ކަމަށް އެކައުންސިލުން ބުނެއެވެ. ކަނދުފައްޗަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް އެ ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފުވައްމުލައްސިޓީ ބޭރުން ކަނޑައިގެންގޮސްފައިވާ ދެވަނަ ކަނދުފަތިވެސް ޙަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ފާއިތުވި ދެ ހަފްތާ ތެރޭގައި ފިޝަރީޒް މިނިސްޓްރީން ވަނީ އެކިއަތޮޅުތަކުން ކަނޑައިގެންގޮސްފައިވާ 5 ކަނދުފަތި ހަރުކޮށްފައެވެ.



		
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!