ދުނިޔެއިން މިހާތަނަށް ކޯރަކުން ފެނުނު އެންމެ ބޮޑު މަސް ކެމްބޯޑިއާއިން ފެނިއްޖެއެވެ.
އެގޮތުން ކެމްބޯޑިއާގެ މިކޯންގ ކޯރުން ފެނުނު 300 ކިލޯގެ މަޑި އަކީ މިހާތަަނަށް ކޯރަކުން ފެނުނު އެންމެ ބޮޑު މަހެވެ.
މި މަޑި ހިފާފައިވަނީ ކެމްބޯޑިއާގެ އަވަށްގަނޑެއްގެ ބައެކެވެ. ދިރާސާ ކުރާ ޓީމުން ބުނާ ގޮތުގައި މި މަޑީގެ ދިގުމިނުގައި 13 ފޫޓު ހުންނާނެއެވެ. މި މަޑީގެ ނަމަކީ ' ބޯރަމީ' އެވެ. މާނައަކީ 'ފުލް މޫން' އެވެ. މިންތައް ބެލުމަށްފަހު މަޑިވަނީ އަނބުރާ ކޯރަށް ދޫކޮށްލާފައެވެ.
ސައިންސްވެރިންވަނީ މި މަޑީގައިވަނީ އިލެކްޓްރޯނިކް ޓެގެއް ހަރުކޮށްފައެވެ. މިއީ މި މަޑީގެ އުޅުން މޮނިޓަރ ކުރުމަށެވެ. މި މަޑީގެ މިންތައް ބަލާ ހެދުމަށް ހަރަކާތްތެރިވި ޓީމުގައި އެމެރިކާއަށާއި ކެމްބޯޑިއާއަށް ނިސްބަތްވާ ސައިންވެސްވެރިން ހިމެނެއެވެ.

ޓީމުން ހާމަކުރާގޮތުގައި މި މަޑި އެ ކޯރުން ފެނިގެން ދިޔުމުން ހާމަވަނީ މިކޯންގ ކޯރުގައި އަދިވެސް މިފަދަ އެތައް ދިރުމެއްވާކަން ކަމަށެވެ. އަދި މިއީ ވަރަށް އުއްމީދީ ކަމެއްގެ ގޮތުގައި ޓީމުން ސިފަކުރެއެވެ.
ބޮރަމީ މަސް ބޭނިފައިވަނީ މަހަށް ނިކުމެ އުޅުނު މަސްވެރިން ތަކަކަށެވެ. އެގޮތުން މަސް ބާނަން ދޫކުރި ދަލުގައި މި މަޑި ޖެހުމުން، އެމީހުންވަނީ 'ވަންޑަރސް އޮފް ދަ މިކޯންގ' ޓީމަށް އަންގާފައެވެ. މި ވަތްތަރުގެ މަޑި އަކީ ކެމްބޯޑިއާގައި ހިމާޔަތްކޮށްފައިވާ އެއްޗެކެވެ.
މީގެ ކުރިން ކޯރަކުން ފެނިފައިވާ އެންމެ ބޮޑު މަހުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ ތައިލެންޑުގައި ބާނާފައިވާ 293 ކިލޯގެ ޖަޔަންޓު ކެޓް ފިޝްއެކެވެ.