B4CA5872-7381-4EC4-8A1C-EBAA1FBBE457

މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ހއ. ދިއްދޫއިން ބިމެއް ދޫކުރަނީ

މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ހއ. ދިއްދޫއިން ބިމެއް ދޫކުރުމަށް އިޢުލާންކޮށްފިއެވެ.

ދިއްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެރަށުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، ބިމެއް، ވަގުތީ ގޮތުން 1 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 1600 އަކަފޫޓުގެ ބިން ކުއްޔަށްހިފަން ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށައަޅާއިރު، އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 80/- (އަށްޑިހަލާރި) ލާރި ކަމަށާއި، ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ދިއްދޫ ކައުންސިލުން ހާމަކުރެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން، 23 ޖޫން 2022 އިން 1 ޖުލައި 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ info@hadhidhoo.gov.mv އަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވާންޖެހެއެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން، އޮންނާނީ 7 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!