vagax

ބިރުވެރި ސިފައެއް ޖަހާ މަހެއްް އެމެރިކާގެ ބީޗަކުން ފެނިއްޖެ

ބިރުވެރި ސިފައެއް ޖަހާ މަހަކަށް ގިިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މި މަހަކީ އެމެރިކާގެ އޮރެގޮންގެ މިލް ބީޗަށް ލެއްގި މަހެކެވެ. މިމަސް މަރުވެފައި އޮންނަތާ ގިނަ ދުވަސްވެފައިވުމުން ވަނީ ކުނިވާންވެސް ފަށާފައެވެ.

ގިނަ ބައެއްގެ ސަމާލުކަން މިމަހަށް ލިބިފައިމިވަނީ މީގެ ބޮޑެތި ތޫނު ދަތްތަކާއި ދިގު ހަށިގަނޑުގެ ސަބަބުންނެވެ. މިއީ ކަޅު ކުލައިގެ މަހެކެވެ. މަހުގެ ގައިގެ ބައެއް ބައިތައްވެސް މަދެވެ.

މިމަހުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރި ފަރާތުން ވަނީ މިއީ ކޮންކަހަލަ މަހެއްކަން އެއްވެސް މީހަކަށް އެނގޭތޯ ސުވާލުކޮށްފައެވެ. ގިނަ ބަޔަކު މިއީ ކޮންކަހަލަ މަހެއްގައި ދެނެގަތުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި އެކި ކަހަލަ ޖަވާބުތައްވެސް ލިބިފައިވެއެވެ. އެންމެ ގިނަ އަދަދަކަށް މީހުން ބުނެފައިވަނީ ފޮޓޯއިން ފެންނަނީ ލިންގކޮޑެއް ނުވަތަ ވޮލްފް އީލްއެއް ކަމަށެވެ.

އެހެން ނަމަވެސް މި ދެ ވަތްތަރުގެ މަހުގައިވެސް އެހާ ތޫނު ދަތްތަކެއް ނުހުރެއެވެ. އެހެންކަމުން މިއީ އަދި އެ ވަތްތަރުގެ މަހެއް ނޫންކަން ވަނީ ދެނެގަނެވިފައެވެ.

މަހުގެ ދަތްތަކަކީ އެމަހެއް ދެނެގަތުމަށް މުހިއްމު އެއްޗެކެވެ. އަދި ކުނިވަމުންދާ މަހެއްގެ ވެސް އެއްްމެ ފަހުން ހަލާކުވާނީ ދަތްތަކެވެ.

މިމަސް ދެނެގަތުމަށް ކުރެވުނު ގިނަ މަސައްކަތްތަކުން އެންމެ ފަހުން މިއީ ކޮން ކަހަލަ މަހެއްކަން ވަނީ ހޯދިފައެވެ. އެގޮތުން މިއީ މޮންކީ ފޭސް ޕްރިކަލްބެކް އެއްް ނުވަތަ މޮންކީ ފޭސް އީލްއެއްކަން ވަނީ އެނގިފައެވެ. އެހެންކަމުން މި މަހަކީ ވެނުގެ ވަތްތަރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!