ތ.ގުރައިދޫ
ތ.ގުރައިދޫ

ތ. ގުރައިދޫގައި އައިސް ޕްލާންޓެއް އެޅުމަށް ބިން ކުއްޔަށް ދެނީ

ތ.ގުރައިދޫގައި އައިސް ޕްލާންޓެއް އެޅުމަށް ބަނދަރު ސަރަޙައްދުން ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ގުރައިދޫ ކައުންސިލުން ބުނީ އެރަށު ހުޅަނގު ދެކުނުން 100 ފޫޓް ދިގު އަދި 50 ފޫޓްގެ ފުޅާ ބިމެއް ކުއްޔަށް ދޫކުރަން ބޭނުންވާ ކަމަށެވެ. އަދި  ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.  މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 04 ޖުލައި 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަން ޖެހެއެވެ.

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 05 ޖުލައި 2022 ވަނަ ދުވަހުގެ 10:30ގައި ގުރައިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެކަމަށް ގުރައިދޫ ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!