Coast guard Moosun

މޫސުމަށް ސަމާލްވޭ! ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި!

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ތ. އަތޮޅަށް ޔެލޯ އެލަރޓު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ތ. އަތޮޅަށް ޔެލޯ އެލަރޓު ނެރެފައިވަނީ މިއަދު 10:00 އިން މެންދުރު ފަހު 14:00އާއި ހަމައަށެވެ. އެގޮތުން އެ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 30 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހއ. އަތޮޅުން ތ. އަތޮޅަށް ޔެލޯ އެލަރޓު ނެރެފައިވާއިރު، ލ. އަތޮޅުން އައްޑޫ ސިޓީއަށްވަނީ ވައިޓު އެލަރޓު ނެރެފައެވެ. މި އަތޮޅުތަކަށް ވައިޓު އެލަރޓު ނެރެފައިވަނީ މިއަދު 10:15 އިން މެންދުރު ފަހު 16:00އާއި ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން، އަދި ގަޑިއަކު 22 މެލާއި، 27 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!