މަދުން ނޫނީ ނުފެންނަ 'ބްލޮޗްޑު ސްނެއިލް ފިޝް' އެއް ފެނިއްޖެއެވެ.
މި މަސް ފެނިފައިވަނީ އެލަސްކާގެ ކަނޑުގެ ސަރަޙައްދުން ދިރާސާ ކުރުމުގައި އުޅުނު ސައިންވެރިންގެ ޓީމަކަށެވެ. އެގޮތުން އެ ޓީމުގެ މެމްބަރެއްކަމުގައިވާ ސޭރާ ފްރައިޑުމެން ވަނީ މިމަހުގެ ފޮޓޯއެއް ޓުވީޓުކޮށްފައެވެ. އެ ޓުވީޓުގައި އޭނާ ބުނެފައިވަނީ މިބާވަތުގެ މަހެއް ދެކެން ބޭނުންވެފައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ.
މިމަހާއި ގުޅޭގޮތުން ބޭރުގެ ނޫހަކަށް ދީފައިވާ އިންޓަރވިއުއެއްގައި ފްރައިޑްމެން ބުނެފައިވަނީ ބްލޮޗްޑު ސްނެއިލް ފިޝްގެ 4 ނޫނީ 5 މަސް ފާއިތުވީ މަދު ހަފްތާތަކުގެތެރޭގައި ފެނިފައިވާ ކަމަށެވެ.
Been hoping to see one of these in person for a long time! Blotched snailfish (Crystallichthys cyclospilus) pic.twitter.com/RHxvxAeTog
— Sarah Friedman, PhD (@sarahtfried) June 19, 2022
ފްރައިޑުމެން ގެ ޓީމަށް މި އަދަދަށް މީގެ މަސް ފެނުނު ނަމަވެސް މިއީ އާއްމުކޮށް ފެންނަ ބާވަތުގެ މަހެއް ނޫނެވެ. އެގޮތުން މިމަސްތައް ފެނިފައިވަނީވެސް ކަނޑުގެ 100 އާއި 200 މީޓަރާއި ދެމެދުގެ ފުން މިނަކުން ކަމަށްވާއިރު، މޫދަށް އެރި އުޅޭ މީހުންނަށްވެސް މިއީ އާއްމުކޮށް ފެންނާނެ މަހެއް ނޫނެވެ.
ތަފާތު ސިފައެއް ލިބިފައިވާ ބޮލޮޗްޑު ސްނެއިލްފިޝްގެ ހަށިގަނޑު ޓްރާންސްޕޭރަންޓުކޮށް ހުރުމުން، ކަނޑުގެ ފުނުގައި އުޅޭ އުޅުމުގައި މާހައުލާއި އެއްކޮށް، ކެލޯފްލާޖުވެގެންދެއެވެ. މިއާ އެކު ޝިކާރަކުރާ އެހެން މަސްތަކަށް މި މަސް ހޯދަން އުނދަގޫވެއެވެ.