ހއ. އިހަވަންދޫއަކީ ރާއްޖޭގެ އެންމެ ގިނަ މަސްވެރި އުޅަނދުފަހަރު ދުއްވާ އެއްރަށެވެ. އަދި ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަމަށް މަޝްހޫރު ރަށެކެވެ.
އެރަށުގައި ގިނަ އަދަދެއްގެ މަސް ދޯނިތައް ދުއްވާއިރު، އެރަށުގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީވެސް މަސްވެރިކަމެވެ. މަސްވެރި ރަށެއްގެ ގޮތުގައި މަޝްހޫރު އިހަވަންދޫގެ މަސް ދޯނިތައް ދަނީ އީދާއި ދިމާކޮށް މަސް ދޯނިތައް ދަނީ އެރަށުގައި ބަނދަރުކުރަމުންނެވެ. އެގޮތުން މިހާތަނަށްވެސް ގިނަ އަދަދެއްގެ ދޯނިތައް ރަށަށް ބަނދަރުކޮށްފައިވާއިރު، މިއާއެކު އެރަށުގެ މަލަ މައްޗަށްވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ.
އިހަވަންދޫގެ މަސްވެރިކަމާއި ގުޅޭ މައުލޫތު ގެނެސްދޭ "މަސްވެރި އިހަވަންދޫ" ފޭސްބުކް ޕޭޖުގައި ވަނީ މި މަންޒަރުތައް ހިއްސާކޮށްފައެވެ. އެގޮތުން މަތިން ނަގާފައިވާ މި ފޮޓޯތައް ވަރަށް ހިތްގައިމެވެ.
&
މަސްވެރި އިހަވަންދޫ ފޭޖުގައިވާގޮތުން ބޮޑުއީދަށް އިހަވަންދޫ މަސްވެރި ގިނަ އުޅަނދުތަށް ރަށަށް އަންނަމުންދާއިރު، މަސްވެރިކަން މިދުވަސްވަރު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ގިނަ ދަތިތަކާއި ވަކީ ކުރިމަތިވެއެވެ. އެގޮތުން ރަށަށް އައި މަސްވެރި ބައެއް އުޅަނދުފަހަރަށް ތެޔޮހަރަދުވެސް ނުލިބޭ ކަމަށް މަސްވެރިން މައުލޫމާތުދޭކަމަށް އެ ޕޭޖުގައި ބުނެފައިވެއެވެ.