291652435_4820041851435012_8388973851053199595_n

މަސްވެރިކަން ކުރަން ބޭނުންކުރާ އާލަތްތައް ގައިގައި އޮޅިފައި އޮތް ވެލައެއް ސަލާމަތްކޮށްފި

މަސްވެރިކަން ކުރަން ބޭނުންކުރާ އާލަތްތައް ގައިގައި އޮޅިފައި އޮތް ވެލައެއް ސަލާމަތްކޮށްފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި ހިނގި މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 98 ކިލޯގެ ވެލައެކެވެ. ކެރޯލްގެ ނަން ދީފައިވާ މި ވެލާގެ ގައިގައި މަސްވެރިކަންކުރުމަށް ބޭނުންކުރާ އެކި ކަހަލަ އާލަތްތައް އޮތީ އޮޅިފައެވެ. އެގޮތުން މަސްވެރިކަމަށް ބޭނުންކުރާ ދެ ދޮށި، އަދި ކަންވާރާ، ބުޅި އަދި ބަރިތައްވެސް ކަންވާރުގައި ހުރި އިރު، މި ތަކެތީގެ ބަރުދަނުގައި 2.2 ކިލޯ ހުރި ކަމަށް މި ވެލާ ސަލާމަތްކުރި ޓީމުން ހާމަކުރެއެވެ.

މި ވެލާ ސަލާމަތްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ކެއާ ޖަމިއްޔާގެ ފަރާތުންނެވެ. ކެރޯލް މޫދުން ސަލާމަތްކޮށްގެން ރިހެބިލިޓޭޝަން ސެންޓަރަށް ގެންދިޔުމަށްފަހު ޑޮކްޓަރުންގެ ޓީމަކުންވަނީ އެއަށް ލިބިފައިވާ އަނިޔާތައް ބަލާފައެވެ.

އެގޮތުން އެކްސްރޭ ތައް ނަގާފައިވާއިރު، އޭގެ ގައިގައި އޮޅިފައިވާ އެއްޗެހި ނެއްޓުމުގެ ތެރޭގައި އޭގެ ގައިން ގިނަ އަދަދަކަށް ލޭވެސް ވަނީ އައިސްފައެވެ.

ވެލާ އަދި ކަނޑުގެ އެހެން ދިރުންތަކަށްވެސް މޫދަށް އުކާލެވޭ ކުނީގެ ސަބަބުންނާއި، މަސްވެރިކަމަށް ބޭނުންކުރާ އެކި ކަހަލަ އާލަތްތައް މޫދަށް ދޫކޮށްލުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ވެއެވެ. މިއީ އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!