shark-attack-file (1)

އަހަރުގެ މިހާތަނަށް މިޔަރު ހަމަލާ ދިނުމުގެ ސަބަބުން 6 މަރު

މިއަހަރުގެ މިހާތަނަށް މިޔަރު ހަމަލާ ދިނުމުގެ ސަބަބުން 6 މީހުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

"ދަ ސަން" ގައި ޝާއިޢުކޮށްފައިވާ އާޓިކަލެއްގައިވާގޮތުން، 39 މީހަކަށް މިހާތަނަށް މިޔަރު ހަމަލާ ދިނުމުގެ ސަބަބުން ވަނީ ރިޕޯޓުކޮށްފައެވެ. މިޔަރު ހަމަލާ ދިނުމުގެ ސަބަބުން ރިޕޯޓުކޮށްފައިވަނީ 26 ފިރިހެނަކާއި 13 އަންހެނަކަށެވެ. އޭގެތެރޭގައި 8 އަހަރުގެ ކުއްޖެއްވެސް ހިމެނެއެވެ. އަދި މީގެތެރެއިން 6 މީހަކުވަނީ މިޔަރު ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައެވެ.

އެގޮތުން މިސްރުގައި އެފަދަ 2 މަރު، ނިއު ސައުތު ވޭލްސްގައި މަރެއް، މެކްސިކޯ، ކޮލޮމްބޯ އަދި ދެކުނު އެފްރިކާގައިވެސް މިޔަރު ހަމަލާ ދިނުމުގެ ސަބަބުން މީހެއް މަރުވެފައިވާ ކަމަށް މި އަހަރުތެރޭ ވަނީ ރިޕޯޓުކޮށްފައެވެ.

މިސްރުގައި ދެ މީހުން މަރުވެފައިވާއިރު، އެޤައުމުގައި ޤަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާއި މިކަމާއި ގުޅުމެއްވާކަމަށް މާހިރުން ދެކެއެވެ. އެގޮތުން މިޔަރު ހިފުމަށް ކަނޑަށް މަސް އެޅުން ފަދަ ކަންތައްތަކުގެ ސަބަބަބުން މިޔަރުގެ އުޅުމަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފަންނީ މާހިރުން ބުނެއެވެ.

މީގެކުރިން ނެރެފައިވާ، ދަ އިންޓަރނޭޝަނަލް ޝާކް އެޓޭކް ރިޕޯޓުން ދައްކާގޮތުން މީހުންނަށް މިޔަރު ހަމަލާ ދީގެން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ރިކޯޑު ކުރެވިފައިވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ވޮލޫޝިއާ ކައުންޓީނެވެ.

އެގޮތުން ވޮލޫޝިއާ ކައުންޓީގައި މިދިޔަ އަހަރު އެފަދަ 17 ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ. މުޅި ދުނިޔެއިން ރިޕޯޓުކޮށްފައިވަނީ 137 ހާދިސާއެވެ.

ދުނިޔޭގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތަށް ރިޕޯޓުކޮށްފައިވާ އަދަދު މިދިޔަ އަހަރުތެރޭ ވަނީ އިތުރުވެފައެވެ. އެގޮތުން 2020ވަނަ އަހަރު ރިޕޯޓުކޮށްފައިވަނީ މިޔަރު ހަމަލާ ދިނުމުގެ 57 ހާދިސާއެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ޕެންޑަމިކްއާއި ގުޅިގެން ބޭރަށް ނިކުމެ އުޅޭ މީހުންގެ އަދަދުތަށް މަދުވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!